Advertisement
ކ. މާލެ
|
11 އޭޕްރިލް 2017 | އަންގާރަ 00:33
މުބީން އާއި އަބްދުއް ރަހީމް: ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައި
މުބީން އާއި އަބްދުއް ރަހީމް: ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައި
ފޭސްބުކް
ޖޭޕީގެ ބަޔާން
ޝަރުތެއް ނެތި މުބީން ޖޭޕީއަށް ބަދަލުވުމަށް، ނޫނީ އިސްތިއުފާ ދިނުމަށް ގޮވާލައިފި
މުބީން ހޮވުމަށް ގިނަ ހޭދައަކާއި ބޮޑު ޚަރަދެއް ޖޭޕީން ކުރެވުނު
ރައްޔިތުންގެ ފަރާތަށް އަރާވަޑައިނުގެންނެވޭނަމަ އިސްތިއުފާ ދެއްވައި ދާއިރާގެ ގޮނޑި ހުސްކޮށް ދެއްވުމަށް ގޮވާލަން
ޤާސިމް ހައްޔރުކޮށްފައިވަނީ ޤާނޫނާ ޚީލާފަށް. މިހާރުން މިހާރަށް މިނިވަން ކުރޭ

ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާއަށް ހޮވިވަޑައިގެންފައިވާ މެންބަރު އަހުމަދު މުބީން އެނބުރި އެޕާޓީއަށް ވަޑައިގަތުމަށާއި ނޫން ނަމަ އިސްތިއުފާ ދެއްވުމަށް ޖުމްހޫރީ ޕާޓީ ފީއަލީ ގޮފިން ގޮވާލައިފިއެވެ.

މުބީންގެ ދާއިރާގައި ހިމެނޭ ފީއަލީގެ ޖުމްހޫރީ ޕާޓީގެ ގޮފިން މިހެން ގޮވާލީ ޤާސިމް ހައްޔަރު ކުރުމާއި މަޖިލީހުގައި ކަންކަން ކުރަމުންދާ ގޮތާމެދު ހޯމަ ދުވަހު ނެރުނު ބަޔާނެއްގައެވެ.

އެބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައިވާ ހައްޔަރުކުރުން އެގޮފީގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ޤާސިމް އިބްރާހީމަށް ދެމުން ގެންދާ އަނިޔާއަކީ އިންސާފުން އެއްކިބާވެ، ނުހައްޤުން ދެމުން ގެންދާ އަނިޔާއެއް ކަމަށް ދެކޭ ކަމަށާއި އެ އަމަލު ހިންގުމުގައި ބައިވެރިވާ އެންމެހާ ފަރާތްތައް އިންސާފްގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު އެފަރާތްތަކަށް ދިނުމަށް ގޮވާލާ ކަމަށް ބަޔާނުގައިވެ އެވެ. 

ފީއަލީ ގޮފިން ބުނީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ޤާނޫނުން ލިބިދޭން ޖެހޭ އެންމެހާ އިނާޔަތްތަކާއި ރައްކާތެރިކަން ނުޙައްޤުން ނިގުޅައިގަނެ، މަޖިލީހުގެ ތަޅުމަށް ހުށަހެޅުނު ކުއްލި މައްސަލައަށްވެސް ފުރުސަތެއް ދިނުމެއް ނެތި، މަޖިލީހުގެ ތަޅުމަށް ޤާސިމް އިބްރާހީމް ހާޒިރުކުރުމެއްނެތި ހޯމަ ދުވަހު ކަންކަން ހިންގާފައިވާ ގޮތަކީ ލަދުވެތި ޢަމަލެއް ކަމަށެވެ.  އެއަމަލު ކުށްވެރިކުރާ ކަމަށާއި މިހާރުން މިހާރަށް ޤާސިމް މިނިވަން ކުރުމަށް ގޮވާލާކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެގޮފިން ބުނެފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ބިލެތްދޫ ދާއިރާއަށް ކުރިމަތިލާ ޕާޓީއާ އެގޮފީގެ ފަރާތުން ނުހަނު ގިނަގުނަ ހޭދައާއި، ޚަރަދުކޮށްގެން މަޖިލީހަށް ދާއިރާ ތަމްސީލް ކުރުމަށް ހޮވާފައިވާ މެންބަރު އަހުމަދު މުބީން އެއްވެސް ޝަރުތެއްނެތި މިހާރުން މިހާރަށް ޖުމްހޫރީ ޕާޓީއަށް ރުޖޫއަވެ ރައްޔިތުންގެ ފަރާތައް އަރާވަޑައިގަތުމަށް ގޮވާލާ ކަމަށެވެ. ނޫންނަމަ މިހާރުން މިހާރަށް އިސްތިއުފާ ދެއްވައި ދާއިރާގެ ގޮނޑި ހުސްކޮށް ދެއްވުމަށް ގޮވާލާކަމަށް ޖުމްހޫރީ ޕާޓީ ފީއަލި ގޮފިން ވަނީ ބުނެފައެވެ.

ޖޭޕީ ފީއަލި ގޮފިން މިގޮތައް ގޮވާލާފައިވާއިރު ޤާސިމް ހައްޔަރު ކުރުމާ ދެކޮޅަށް މުޅި ރާއްޖޭގެ އެކިސަރަހައްދު ތަކުގައި ދަނީ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 އޭޕްރިލް 2017 | ބުރާސްފަތި 14:09
އަހަންމާ
ޖުމްހޫރީޕާޓީގެ ފިއަލީގޮފީގަ ކިތައްމެމްބަރުންތިއްބަވާތޯ ނުވަތަ އެދާއިރާގެ ކިހާވަރެއްގެ އަގުލަބިއްޔަތެއްތޯއެއީ