ކ. މާލެ
|
12 ޖުލައި 2020 | އާދީއްތަ 12:14
ހޮވައިގެން ގެނެސްފައިވާ ފުރޮޅު
ހޮވައިގެން ގެނެސްފައިވާ ފުރޮޅު
ޕޮލިސް
ވެރިފަރާތް ހޯދުން
ހޮވައިގެން ގެނެސްފައިވާ ފުރޮޅެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
މި ފުރޮޅަކީ މި ޖުލައި މަހުގެ 08 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނާއި ހަވާލުކޮށްފައިވާ ފުރޮޅެއް
ފުރޮޅުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުމަށް ފުލުހުން އެދޭ

ހޮވައިގެން ގެނެސްފައިވާ ފުރޮޅެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ފުރޮޅަކީ މި ޖުލައި މަހުގެ 08 ވަނަ ދުވަހުގެ ވަގުތެއްގައި މާލެ، ބޮޑުތަކުރުފާނު މަގު އޭޑީކޭ ޖެނެރަލް ސްޓޯރު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފުރޮޅެއް ކަމަށެވެ.

އެހެންކަމުން މި ފުރޮޅުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ، އިންސިޑެންޓް ނަންބަރު 459876 ބުނުމަށްފަހު، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ފުރޮޅާ ހަވާލުވުމަށް އެދޭ ކަމަށް ފުލުހުން ބުނެ އެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކުރާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

- ކޮމެންޓް