ކ. މާލެ
|
11 ޖުލައި 2020 | ހޮނިހިރު 23:09
އަމީތާބް ބަޗަން
އަމީތާބް ބަޗަން
ގޫގުލް
ބޮލީވުޑް
އަމީތާބް ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި
ފާއިތުވި 10 ދުވަހު ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހުން ޓެސްޓް ކުރުމަށް ވަނީ އެދިފައި
އަމީތާބް އެޑްމިޓްކޮށްފައިވަނީ މުމްބާއީގެ ނަނާވަތީ ހޮސްޕިޓަލްގައި
އާއިލާގެ މެންބަރުން ވަނީ ޓެސްޓް ހަދާފައި

ބޮލީވުޑް އެކްޓަރ އަމީތާބް ބަޗަން ކޮވިޑް-19ށް ޕޮޒިޓިވްވެއްޖެ އެވެ.

އަމީތާބް ކޮށްފައިވާ ޓްވީޓެއްގައި އޭނާ ވަނީ އެނާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށާއި އާއިލާގެ މެންބަރުންވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުނެފައެވެ. އަދި ފައިތުވި ދިހަ ދުވަހު އޭނާއާ ބައްދަލުވެފައި (ކްލޯޒް ކޮންޓެކްޓްވެފައި) ހުރި މީހެއް ނަމަ އަވަހަށް ޓެސްޓް ކުރުމަށް ބައްޗަން ވަނީ އެދިފައެވެ.

ދަ އިކޮނޮމިކް ޓައިމްސްގައި ރިޕޯޓްކޮށްފައިވާގޮތުން އަމީތާބް އެޑްމިޓްކޮށްފައިވަނީ މުމްބާއީގެ ނަނާވަތީ ހޮސްޕިޓަލްގައެވެ.

އަމީތާބް ޕޮޒިޓިވްވުމާއި ގުޅިގެން ބޮލީވުޑްގެ ފަންނާނުން ދަނީ އަވަސް ޝިފާއަކަށް އެދި ޓްވީޓް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް