Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 20:07
ޝަރީއަތުގެ އަޑުއެހުމަށް ފަހު ޝުމްބާ ކޯޓުން ނެރެގެން ގެންދަނީ
ޝަރީއަތުގެ އަޑުއެހުމަށް ފަހު ޝުމްބާ ކޯޓުން ނެރެގެން ގެންދަނީ
މުހައްމަދު ޝަރުހާން
ޝުމްބާގެ ޝަރީއަތް
ޝުމްބާގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކޮށްފި
ބިރުދެއްކުމުގެ ދައުވާ، ޒާހިދު އަށް މަރުގެ އިންޒާރު
ހައްޔަރުކޮށް ޖަލުގައި ބަންދުކުރީ ނޮވެމްބަރު، 2015 ގައި
ސާބިތުކުރުމަށް ފަސް ހެކިން، ބާކީ ދެ ހެކިންގެ ހެކި ބަސް

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ގެ މައްޗަށް ހިންގާ ޝަރީއަތުގައި ހޯމަ ދުވަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

 

އަޝްރަފްގެ މައްޗަށް ބިރުދެއްކުމުގެ ދައުވާކޮށް ޝަރީއަތް ހިންގަނީ، ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ވިޔަފާރިވެރިޔާ ޒާހިދު ރަމީޒަށް މަރުގެ އިންޒާރު ދިން ކަމަށް ބުނެއެވެ.

 

އެ ޝަރީއަތުގައި ހޯމަ ދުވަހުގެ މެންދުރު 2:30 އަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރީ އަޝްރަފްގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިން ހާޒިރުނުކުރެވުމުންނެވެ.

 

އެ ޝަރީއަތުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މާޗް މަހުގެ 1 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ވަނީ، މި މައްސަލައާ ގުޅިގެން އަޝްރަފް ހައްޔަރުކުރިތާ 14 މަސް ދުވަސް ފަހުން އޭނާ ގޭބަންދަށް ބަދަލުކޮށްފަ އެވެ.

 

ސްރީ ލަންކާގައި ދިރިއުޅެމުންދަނިކޮށް އަޝްރަފް ހައްޔަރުކޮށްގެން ރާއްޖެ ގެނެސް، ދޫނިދޫގައި ބަންދުކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރުގަ އެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި މައްސަލައާ ގުޅިގެން އޭނާ ހޯދަން އިއުލާނުކުރި ނަމަވެސް، ކޮށްފައިވަނީ ބިރުދެއްކުމުގެ ދައުވާ އެވެ.

 

މައްސަލައިގެ އަޑު އެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސް ފަހުން މާޗް މަހުގެ އެއްވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އަޝްރަފްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ފަސް ހެކީންގެ ތެރެއިން ދެ ހެކިންގެ ހެކި ބަސް ނަގާފަ އެވެ. ސިއްރުން ހެކިބަސް ދިން ދެ މީހުން ވެސް ބުނެފައިވަނީ ޒާހިދުއަށް މަރުގެ އިންޒާރުދީ ޕީޕީއެމްގެ ވައިބާ ގްރޫޕަކަށް އަޝްރަފް މެސެޖުތަކެއް ފޮނުވާފައިވާ ކަމަށެވެ.

 

އެ އަޑުއެހުމުގެ ކުރިން އަޑުއެހުމެއް ބޭއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. އެ އަޑުއެހުމުގައި ޒާހިދު ވަނީ އޭނާއަށް އިންޒާރުދީ މެސެޖުތަކެއް ފޮނުވި ކަމަށް ބުނެ އަޝްރަފްއާ ދެކޮޅަށް ހެކިބަސް ދީފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް