Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 18:38
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު
ގޫގުލް
މަސީހުގެ އިތުބާރުގެ މައްސަލަ
މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް ފާސްކޮށްފި
މަޖިލީހުގެ ގަވައިދަށް ގެނެސްފައިވާ އިސްލާހު ފާސްކޮށްފައިވަނީ 46 މެމްބަރުންގެ އިއްތިފާގުން
މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހުގައި މިވަގުތު ނެތްކަމަށް މަސީހު ވިދާޅުވި
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ 31 މެމްބަރުންގެ ސޮޔާއެކު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި ނައިބް ރައީސް މޫސާ މަނިކްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅޭނީ 42 މެމްބަރުން ސޮޔާއެކު ކަމަށް މަޖިލީހުން ފާސްކޮށްފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އާއްމުކޮމެޓީން ނިންމާފައިވާ ގޮތަށް މަޖިލީހުގައި ވޯޓަށް އެހުމުން އެގޮތަށް ފާސްކޮށްފައިވަނީ 46 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު ފަރާތްތަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ. 

އެހެންކަމުން އެމާއްދާއަށް މިވަގުތުން ފެށިގެން އަމަލުކުރަން ފެށުނީ ކަމަށާއި އަދި އިތުބާރު ނެތްކަމުގެ އެއްވެސް މައްސަލައެއް މަޖިލީހުގައި ނެތް ކަމަށް ވެސް މަސީހު ވަނީ އިއުލާން ކުރައްވާފަ އެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން އާދިއްތަ ދުވަހު ހަވީރު ކުއްލިގޮތަކަށް އާއްމު ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ، މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގެ (ހ) އާއި (ށ)އަށް އިސްލާހު ހުށަހަޅާ، (އ)ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން 31 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވަނީ ވެސް އާދިއްތަ ދުވަހު އެވެ. މޫސަގެ އިތުބާރު ނެތް ކަމަށް 15 މެންބަރުންގެ ސޮޔާ އެކު ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލަ އަންގާރަ ދުވަހަށް އޮތީ އެޖެންޑާކޮށްފައެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް