ކ. މާލެ
|
5 ޖުލައި 2020 | އާދީއްތަ 18:55
ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮންޔާރޯ އޭނާގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ
ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮންޔާރޯ އޭނާގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ
އަލްޖަޒީރާ
ކޮވިޑް-19، ބްރެޒިލްގެ ހާލަތު
ހެލްތު މިނިސްޓަރަކާއި ނުލާ ބްރެޒިލް ކޮވިޑް-19 އާއި ހަނގުރާމަ ކުރާތާ 50 ދުވަސް
ބްރެޒިލްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.5 މިލިއަނަށް އަރާފަ
63،000 މީހުން ވަނީ މި ބަލީގައި މަރުވެފަ

ހެލްތު މިނިސްޓަރަކާއި ނުލާ ބްރެޒިލް ކޮވިޑް-19 އާއި ހަނގުރާމަ ކުރާތާ 50 ދުވަސް ވެއްޖެއެވެ.

ހެލްތު މިނިސްޓަރަކާއި ނުލާ ބްރެޒިލް ކޮވިޑް-19 އާއި ހަނގުރާމަ ކުރާތާ 50 ދުވަސް ވެފައި ވަނީ ހޮނިހިރު ދުވަހަށެވެ.

މިހާތަނަށް ބްރެޒިލްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1.5 މިލިއަނަށް އަރާފައިވާއިރު 63،000 މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

ބްރެޒިލްގައި އަދިވެސް ހުއްޓުމެއްނެތި ވައިރަސް ފެތުރެމުންދާއިރު، ބްރެޒިލްގެ ހެލްތު މިނިސްޓަރުގެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވަނީ ސިއްހީ ދާއިރާގައި އެއްވެސް ތަޖުރިބާއެއް ނެތް، ބްރެޒިލްގެ އަރމީ ގެނެރަލް އެޑުއާޑޯ ޕެޒުއެލޯއެވެ.

ބްރެޒިލްހެ ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ނެލްސަން ޓެއިޝް މަގާމުން އިސްތިއުފާ ދެއްވީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ނެލްސަން އެ މަގާމުގައި އެއް މަސް ދުވަހު ހުންނެވިއިރު، އިސްތިއުފާ ދެއްވި ވަކި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޓެއިޝް އަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ބްރެޒިލް އިން އިސްތިއުފާދެއްވި ދެވަނަ ހެލްތް މިނިސްޓަރެވެ. އެގޮތުން މީގެ ކުރިން އެ މަޤާމުގައި ހުންނެވި ނެލްސަން މަންޑެޓާ ވެސް ވަނީ ބޮލްސޮނާރޯގެ ސިޔާސަތުތަކާ ދެކޮޅު ހެއްދެވުމުން މަޤާމުން ދުރުކުރައްވާފައެވެ.

ބްރެޒިލްގެ ޙާލަތު ގޯސްވަމުން އަންނައިރު، ބްރެޒިލްގެ ރައީސް ޖެއަރ ބޮލްސޮނާރޯ ވިދާޅުވަމުން ގެންދަވަނީ މި ވައިރަސް އަކީ އާދައިގެ ރޯގާއެއް ކަމަށެވެ. ބޮލްސޮނާރޯ ގެންދަވަނީ އޭނާގެ އެޑްވައިޒަރުންނާއި، ސައިންޓިސްޓުން ދެއްވާ އިރުޝާދުތަކަށް އިންކާރު ކުރައްވާ ގޮންޖައްސަވަމުންނެވެ.

- ކޮމެންޓް
6 ޖުލައި 2020 | ހޯމަ 02:41
1/2
ރައީސަކާނުލާ 2އަހަރު. ބަރާބަރަށް ހިނގާ.