Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 08:54
ސޯޝަލް މީޑީއާ އެކްޓިވިސްޓް ޠައްޔިބް ޝަހީމް
ސޯޝަލް މީޑީއާ އެކްޓިވިސްޓް ޠައްޔިބް ޝަހީމް
ޓްވިޓަރ
ޠައްޔިބް ޝަހީމް
ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް
ހައްޔަރުކުރީ ބިރުވެރިކަން އުފައްދާކަމުގެ ތުޙުމަތުގަ
ދެ ހަފްތާކުރިން ޖަލުގައި ހޭނެތުނު
ތުޙުމަތާއި ގުޅޭ ހެއްކެއް ފުލުހުންނަށް ދެއްކިފައެއް ނުވޭ

އެޗްވަންއެންވަން ވައިރަސްއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ މި އަހަރުގެ މާޗް މަހުގެ 16 ވީ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި ސޯޝަލް މީޑީއާ އެކްޓިވިސްޓް، ޠައްޔިބް ޝަހީމްގެ ސިއްޙީ ހާލަތާއިމެދު ކަންބޮޑުވާކަމަށް ޤާނޫނީ ވަކީލު، ނާޒިމް ސައްތާރު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ޓްވިޓަރގައި ނާޒިމް ވިދާޅުވީ، ދޫނިދޫގައި ޠައްޔިބާއި ބައްދަލުކުރެއްވި ކަމަށާ، މީގެ ދެ ހަފްތާ ކުރިން ޠައްޔިބު ގޮޅީގައި ހުއްޓައި ހޭނެތުނު ކަމަށެވެ. އަދި އެހެންކަމުން، އޭނާގެ ސިއްޙަތާއިމެދު ވަރަށްބޮޑަށް ކަންބޮޑުވާކަން ނާޒިމް ހާމަކުރެއްވިއެވެ.

ހައްޔަރުކުރި ފަހުން އެކި ފަހަރުމަތިން ކްރިމިނަލް ކޯޓުން ޠައްޔިބުގެ ބަންދަށް ދުވަސް އިތުރުކޮށްދީފައިވާއިރު، ރާއްޖެއެމްވީ އަށް މަޢުލޫމާތު ދެއްވަމުން ޠައްޔިބްގެ ގާނޫނީ ވަކީލް، އަލްއުސްތާޛް މަހުފޫޒް ސައީދު ވިދާޅުވީ ޠައްޔިބްގެ މައްޗަށްކޮށްފައިވާ ތުހުމަތަކީ ސޯޝަލް މީޑިއާގައި އެޗްވަންއެންވަންއާ އެހެނިހެން ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަތައް ދައްކައި، ފަތުރަމުންދާކަމުގެ ތުހުމަތު ކަމަށެވެ.

އޭނާ ވިދާޅުވީ، ޠައްޔިބްގެ މައްޗަށް އެ ތުހުމަތުތައް ފުލުހުން ކުރި ނަމަވެސް އެޗްވަންއެންވަންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޠައްޔިބް ކޮށްފައިވާ ޓްވީޓެއް ނުވަތަ ސޯޝަން މީޑިއާގައި ދައްކާފައިވާ ވާހަކައެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެއްދުމަށް ޠައްޔިބް ދައްކާފައިވާ އެހެނިހެން ވާހަކަތަކަކީ ކޮބައިކަން ވެސް ފުލުހުންނަށް ބުނެދެވިފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.

ޠައްޔިބު ބަންދު ކުރި ފަހުން ވެސް އޭނާގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓުން ޓްވީޓް ކުރަމުން ދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް