Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 00:47
އެމްޑީޕީން މާފަންނުގައި ނެގި ބޮޑު ދިދަ
އެމްޑީޕީން މާފަންނުގައި ނެގި ބޮޑު ދިދަ
ރާއްޖެ އެމްވީ
ކައުންސިލް އިންތިހާބު
އެމްޑީޕީ މާފަންނު ބޮޑު ދިދަ ނެގުމާއި ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތް ފަށައިފި
އެމްޑީޕީން ކައުންސިލް އިންތިހާބު ކާމިޔާބުކުރަނީ ރައްޔިތުންގެ ތާއީދާއެކުގައި

އެމްޑީޕީން މާލެ ސިޓީގެ މާފަންނު ދާއިރާތަކުގެ ކެމްޕެއިން ހަރަކާތްތައް ފެށުމުގެ ގޮތުން މާފަންނު ބޮޑު ދިދަ ނަގައި ލޯކަލް ކައުންސިލް އިންތިހާބުގެ ހަރަކާތްތައް ފަށައިފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ދިރިއުޅުއްވާ ގޭގައި ބޭއްވި އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޑީޕީން ލޯކަލް ކައުންސިލަށް ކުރިމަތި ލައްވާފައިވާ ބައެއް ކެންޑިޑޭޓުންނާއި އެމްޑީޕީގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުންނާއި އެމްޑީޕީގެ އާއްމު މެމްބަރުންވެސް ބައިވެރިވެފައި ވެއެވެ.

 

ދިދަ ނެންގެވުމަށްފަހު ފަލާހު ވިދާޅުވީ އެމްޑީޕީގެ ބޮޑު ދިދަ މާފަންނުގައި ނެގުމާއެކު ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު ދާއިރާތަކަށް އެމްޑީޕީން ވާދަކުރާ ކެންޑީޑޭޓުންގެ ކެމްޕެއިން ފެށުނީ ކަމަށެވެ. ފަލާހު ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް ކެމްޕެއިންކޮށްގެން އިންތިހާބުތައް ކާމިޔާބުކުރާ ޕާޓީއެއް ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސީޓީގެ މާފަންނު ގޮނޑިތައް ބޮޑު ތަފާތަކުން އެމްޑީޕީ ކެންޑިޑޭޓުން ކާމިޔާބު ކުރާނެ ކަމަށެވެ.

 

"އަޅުގަނޑުމެން ދަންނަނީ ބުރަކޮށް މަސައްކަތްކޮށްގެން، ކެމްޕެއިން ކޮށްގެން އިންތިހާބުތައް ކާމިޔާބު ކުރަން،" ފަލާހު ވިދާޅުވި އެވެ.

 

ފަލާހުގެ އިތުރުން މާލެ ސިޓީގެ މާފަންނު ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ބައެއް ކެންޑިޑޭޓުން ވަނީ މިރަސްމިއްޔާތުގައި ވާހަކަ ދައްކަވާފަ އެވެ. އަދި މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ ކެމްޕެއިން ކޯޑިނޭޓަރު ޑރ. މުސްތަފާ ލުތުފީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

 

"މާފަންނު ބޮޑު ދިދައާއެކު މާފަން ކުމްޕެއިން މިފެށުނީ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ ގާނޫނާ ގަވާއިދާ ހިލާފަށް ގާސިމް އިބްރާހީމް ހައްޔަރު ކޮށްފައިވާތީ. މާފަންނު ރައްޔިތުންގެ ފަރާތުން އަޅުގަނޑު ގޮވާލަން ވަގުތުން ވަގުތަށް ގާސިމް ދޫކޮށްލަން." ޑރ. މުސްތަފާ ލުތުފީ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް