Advertisement
ކ. މާލެ
|
10 އޭޕްރިލް 2017 | ހޯމަ 00:39
އަލިފާން ރޯވި މ ހިތްވަރުގެ ކޯޑްން ކޮށްފައި
އަލިފާން ރޯވި މ ހިތްވަރުގެ ކޯޑްން ކޮށްފައި
ރާއްޖެއެމްވީ
އަލިފާން ރޯވުން
މ ހިތްވަރު ގޭގައި ހިންގި އަލިފާންގަނޑު ނިއްވާލައިފި
އަލިފާން ރޯވީ 6:15 ހާއިރު
ނިއްވާލެވުނީ 6:45 ހާއިރު
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

ކާރނޭޝަން މަގުގައި ހުންނަ މ ހިތްވަރު ގޭގައި އާދީއްތަ ދުވަހުގެރޭ ރޯވި އަލިފާންގަނޑު ނިއްވާލަައިފިއެވެ.

 

އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް ކެޕްޓަން އިބްރާހީމް އާޒިމް ވަނީ އެކަން ކަށަވަރުކޮށް ދެއްވާފައެވެ.

 

އޭއެމްޑީސީ ކައިރީ ހުންނަ އެގޭގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އިރުއޮއްސި 6:15 ކަށްހާއިރުއެވެ. އަދި އަލިފާންގަނޑު ނިއްވާލާފައިވަނީ 6:45 ހާއިރުއެވެ.

 

މިހާތަނަށް ލިބުނު މައުލޫމާތައް ބަލާއިރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެގޭ ވަރަށްބޮޑަށް އަނދާ ހުލިވެފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. ދުން އަރަމުންދާތީ މިހާތަނަށް ނޫސްވެރިންނަށް އެތާއެތެރެއަށް ވައްދާފައި ނުވާތީ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެގޭގައި ދިރިއުޅޭ ބައެއް މީހުން އެވަގުތު އެގެއިން ވަނީ އެހެން ގޭތަކަށް ބަދަލު ކޮށްފައެވެ.

 

އަލިފާން ނިއްވުމުގައި އެމްއެންޑީއެފްގެ ފަޔަރމަނުން ހަރަކާތްތެރިވެފައިވާއިރު އެސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވިއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އެސްއޯ ފުލުހުންނާއި އެފުލުހުންގެ ކޮމާންޑަރުން އެސަރަހައްދުގައި ވަނީ ހަރަކާތްތެރިވެފައެވެ.

 

މިހާދިސާ މިހާރު ގެންދަވަނީ ތަހުގީގް ކުރައްވަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް