ކ. މާލެ
|
29 ޖޫން 2020 | ހޯމަ 22:09
ހޯމަ ދުވަހު ރޭޕާއި ދެކޮޅަށް މާލޭގައި ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވަނީ
ހޯމަ ދުވަހު ރޭޕާއި ދެކޮޅަށް މާލޭގައި ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން ހަރަކާތްތެރިވަނީ
އަވަސް.އެމްވީ
ރޭޕާއި ދެކޮޅަށް މުޒާހަރާ ކުރުން
ރޭޕާއި ދެކޮޅަށް ކުރި މުޒާހަރާ ގައި ބާރުގެ ބޭނުންކޮށް، ތިން މީހުން ހައްޔަރަށް
ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ
100ށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައި
ދެ މީހުން ދޫކޮށްލުމާއި ގުޅިގެން ސަރުކާރަށާއި ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުވެފައި

ހުޅުމާލޭ ފަޅުގައި އަޅަފާއި އޮތް ސަފާރީއެއްގައި ހުރި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމާއި ގުޅިގެން ރޭޕާއި ދެކޮޅަށް މާލޭގައި މުޒާާހަރާ ކޮށްފިއެވެ.

ސަތޭކައަށް ވުރެ ގިނަ މީހުން ބައިވެރިވި މުޒަހަރާ ފެށީ ޖެންޑަރ މިނިސްޓްރީގެ ބޭރުގައި ހޯމަ ދުވަހު ހަވީރު ހަތަރެއް ޖެހިހާއިރުއެވެ. މުޒާހަރާގެ ބައިވެރިން ތިބީ އެ މީހުންގެ ޝޫއުރު ފާޅުކުރުމުގެ ގޮތުން އެކި ކަހަލަ ބެނަރތައް ހިފައިގެންނެވެ.

އެ ފަރާތްތަކުން ގޮވާލަމުން ދިޔައީ ރޭޕްކުރި މީހުން ހައްޔަރު ކުރުމަށާއި، މުއައްސަސާތައް ޒިންމާދަރުވުމުގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ އިސްތިއުފާއަށެވެ. ސަރުކާރުން ރޭޕާއި ދެކޮޅަށް ގެންގުޅޭ ''ޒީރޯ ޓޮލަރެންސް'' ތަންފީޒު ކުރާތަން ނުފެންނަ ކަމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލާފައެވެ. އަދި ވީހާ ވެސް އަވަހަށް ރޭޕްގެ މައްސަލަ ބަލައި ދިނުމަށްވެސް އެ މީހުން ވަނީ ގޮވާލާފައެވެ.

އެތަނުގައި ތިބުމަށް ފަހު އެ މީހުން ބޮޑުތަކުރުފާނު މަގާ ދިމާލަށް ހިނގަމުން ދަނިކޮށް ފުލުހުން ހުރަސްއެޅިއެވެ. ފުލުހުންގެ ލައިނު ފޫއަޅުވާލާފައި މުޒާހަރާގެ ބައިވެރިން ކުރިޔަށް ދިޔައެވެ.

އެގޭ ތެރެއިން އެކަކު ފުލުހުންގެ ގައިގައި ކޮޅުފައިން ޖެހި މަންޒަރު ނޫސްވެެރިންނަށް ވަނީ ފެނިފައެވެ. މުޒާހަރަ ނިންމާލާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ކައިރީގައެވެ.

މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށ ޖެއްސުމުގެ ތެރޭގައި ފުލުހުން ވަނީ އެ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ފުލުހުންނަށް އަނިޔާކޮށްފައިވާ މަންޒަރު ނޫސްވެރިންނަށް ފެނިފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސަފަރީ ރޭޕް ކޭސްގައި ހިމެނޭ މީހުން ދޫކޮށްލުމާއި ގުޅިގެން ސަރުކާރަށާއި، ފުލުހުންނަށް އާއްމު ފާޑުކިޔުން އިންތިހާ އަށް ވަނީ އިތުރުވެފައެވެ. މިކަމާއި ގުޅިގެން އަދި މިހާތަނަށް ރައީސް އިބްރާހިމް ސޯލިހު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

- ކޮމެންޓް
29 ޖޫން 2020 | ހޯމަ 22:46
އަލީ
ސާބަހޭ ސަދޫމުގެ ވެ ރިންނައް ރޭޕްކު ރި މީހުން މިނިވަންކަމާއެކު ގޭގަ އަޑުއުފުލިމީހުން ޖަލައް ލޮލް މިއޮތީ އެމްޑީޕީގެ އިންސާފް؟
29 ޖޫން 2020 | ހޯމަ 22:44
ހ މ ޒ
ސީޕީ އިސްތިއުފާ