ކ. މާލެ
|
29 ޖޫން 2020 | ހޯމަ 11:11
ހިޔާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 19 ޑިސެމްބަރު 2017، ކޮމިޓީގެ މެމްބަރުން ހިޔާ ފްލެޓްތަކަށް ދިއުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހު
ހިޔާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 19 ޑިސެމްބަރު 2017، ކޮމިޓީގެ މެމްބަރުން ހިޔާ ފްލެޓްތަކަށް ދިއުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހު
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހިޔާ ފްލެޓް މަޝްރޫއު
ހިޔާ ފްލެޓް މަޝްރޫއު: ކަން ހިނގާފައިވާ ގޮތް ބެލުމަށް ކޮމިޓީ މެމްބަރުން ފްލެޓްތަކަށް
މެމްބަރުން ހިޔާ ފްލެޓްތަކަށް ދިއުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހު
އެކަމާ ގުޅޭގޮތުން ގުޅުން ހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ
މިމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 19 ޑިސެމްބަރު 2017ގަ

ހިޔާ ފްލެޓް މަޝްރޫޢުގެ ކަން ކަން ހިނގާފައިވާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ފާސްކޮށްފިއެވެ.

އާދިއްތަ ދުވަހު ބޭއްވި ގައުމީ ތަރައްޤީ އާއި ތަރިކަ ކޮމިޓީގެ ބައްދަލުވުމުގައި މި ގޮތަށް ނިންމާފައިވަނީ ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން ހިޔާ ފްލެޓް މަޝްރޫއުގެ ކަންކަން ހިނގާފައިވާ ގޮތް ބެލުމުގެ ގޮތުން އެތަނަށް ޒިޔާރަތް ކުރުމާއި، އެކަމާ ގުޅޭގޮތުން ގުޅުން ހުރި ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ހިޔާ ފްލެޓުގެ ކަންކަން ބެލުމަށް ކޮމިޓީގެ މެމްބަރުން ހިޔާ ފްލެޓްތަކަށް ދިއުމަށް ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

"ހިޔާ" މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތް ކުރުމަށް ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖީނިއަރިންގ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ، 20 ޖުލައި 2016 ގައެވެ. މިއީ ދިވެހި ސަރުކާރުން، 434 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ހިންގާ ޕްރޮޖެޓެކެވެ. އެއީ 7000 ފްލެޓަށް 62،000 ޑޮލަރުގެ ރޭޓުންނެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 19 ޑިސެމްބަރު 2017 ގައެވެ. އެގްރީމެންޓްގައިވާ ގޮތުން، 730 ދުވަހުގެ ތެރޭގައި އެ މަޝްރޫއު ނިންމަންޖެހެއެވެ. އެއީ ދެ އަހަރުގެ މުއްދަތެކެވެ. އެހެންކަމުން މި ޕްރޮޖެކްޓް 19 ޑިސެމްބަރު 2019 ހުންނަން ޖެހޭނީ ނިމިފައެވެ. އެކަމަކު އަދިވެސް މި ޕްރޮޖެކްޓްގެ މަސައްކަތް މުޅިއަކުން ނުނިމެއެވެ. ނަމަވެސް މިހާރު 90 ޕަސެންޓް ނިމިފައިވާ ކަމަށް ހައުންސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 16 ޓަވަރަށް ބޭރުން ބަލާލާއިރު ރީތި ގޮތެއް ހުރިނަމަވެސް އެއީ އުޅެން އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފައި ވެއެވެ. އަދި ހާއްސަކޮށް، ފްލެޓްތަކުގެ ކޮޓަރިތަކުގެ ސައިޒު ކުޑަކަމާއި، ފާހަނާއާއި ލޯންޑަރީ ބައިގެ ޖާގަ ކުޑަކަމުންނާއި އެތަނުގައި ދިރިއުޅުމެއް، އުޅެން ބޭނުންވާ މީހުންނަށް ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ.

- ކޮމެންޓް
29 ޖޫން 2020 | ހޯމަ 14:11
ސީދާ
އެމީހުން ޙާޟިރު ކުރުމެކޭ ނުކުރުމެކޭ ވާނީ ހަމަ އެއްވަރު! ތިޔަތަން ތިޔަގޮތަށް އެކަކު އަނެކަކާ މުޑޯ މުޑޯ ޖެހޭގޮތަށް ޑިޒައިން ކުރި މީހުން ޢާއިލާތައް މިހާރުވެސް ރައީސް އޮފީހުގަ ނަގާކިޔަން ތިބީ! މިހާރުވެސް އުޅޭނެތަނެއް ޚަރަދު ކުރާނެ ލާރިއެއް ނެތް ނިކަމެތިން އުޅޭތަންތަން ގާޑުކޮށް ބޮޑެތި ޖެއްސުންތަކާ ދުއްތުރާތައް ކޮށްގެން އެމީހުންގެ ޝަހުވަތްތެރިކަން ފުއްދަން ބޭނުންކުރާ ޝިކާރައަކަށް ނުހެދިގެން އެތިބަ ވައްވައް ޖަހަމުން ގެންދަނީ! ތިޔަ ތަންތަން ދޭނީވެސް އެމީހުން ބޭނުންބަޔަކަށް! ތިޔަ ތަންތަނުގެ ހުރިހާ ފައިދާއެއް ފޭރިގަންނާނީވެސް އެމީހުން! ކުރީގެ ސަރުކާރުތަކުގައި ބާރުގަދަކޮށްގެން މުޅިރަށް އޮތީ ފޭރި ހުސްކޮށްފަ!