ކ. މާލެ
|
28 ޖޫން 2020 | އާދީއްތަ 07:43
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ނަންބޯޑު
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ނަންބޯޑު
އަޒުމޫން އަހުމަދު
ޕެންޝަން އޮފީސް
ދެ ދާއިރާއަކުން އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަންގެ މިންގަޑުތައް ޕެންޝަން އޮފީހުން ހާސިލުކޮށްފި
މި ޖަމިއްޔާގެ މެންބަރަކަށް ރާއްޖޭގެ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ވެފައިވަނީ 2016 ވަނަ އަހަރު

ދެ ދާއިރާއަކުން އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަންގެ މިންގަޑުތައް ޕެންޝަން އޮފީހުން ހާސިލުކޮށްފިއެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނީ އެ އޮފީހުގެ މަސައްކަތްތަކުގެ ތެރެއިން ޕެންޝަން ކޮންޓްރިބިއުޝަން ބަލައިގަތުމާއި ކޮމްޕްލަޔަންސް މަސައްކަތްތައް ކުރަމުންދަނީ އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން (issa)ގެ މިންގަޑުތަކަށް ކަމުގައި އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން ޖަމްއިއްޔާއިން ކަނޑައަޅައިފައިވާ ކަމަށެވެ.

އިންޓަރނޭޝަނަލް ސޯޝަލް ސެކިއުރިޓީ އެސޯސިއޭޝަން އަކީ އެކި ޤައުމުތަކުގެ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްސަސާތަކާއި ސަރުކާރު އޮފީސްތަކާއި ޑިޕާރޓްމަންޓްތަކުގެ މައްޗަށް އެކުލެވޭ ޖަމްއިއްޔާއެކެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ޖަމްއިއްޔާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިންގުމުގެ ދާއިރާ ހަރުދަނާ ކުރުމާއި، މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރުމާއި، ޑައިނަމިކް ސޯޝަލް ސެކިއުރިޓީ ނިޒާމުތައް ގާއިމުކުރުމާއި، ސިޔާސަތުތައް ކަނޑައެޅުމުގައި މެންބަރުންނަށް ލަފަޔާއި މަޝްވަރާދީ އެހީތެރިވުން ހިމެނެއެވެ.

ދުނިޔޭގެ 150 ޤައުމަކުން 320 ފަރާތެއް ބައިވެރިވާ މި ޖަމިއްޔާގެ މެންބަރަކަށް ރާއްޖޭގެ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ވެފައިވަނީ 2016 ވަނަ އަހަރުއެވެ.

- ކޮމެންޓް