ކ. މާލެ
|
26 ޖޫން 2020 | ހުކުރު 14:31
އެމެރިކާގެ ހޮސްޕިޓަލެއްގައި ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދެނީ؛ އެމެރިކާ އަކީ ދުނިޔޭގައި އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ ގައުމު
އެމެރިކާގެ ހޮސްޕިޓަލެއްގައި ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދެނީ؛ އެމެރިކާ އަކީ ދުނިޔޭގައި އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާ ގައުމު
ފައިނޭންޝަލް ޓައިމްސް
އެމެރިކާގެ ކޭސްތައް ރިކޯޑް އަދަދަކަށް އިތުރުވުން
އެއްދުވަހާ އެންމެ ގިނަ މީހުން އެމެރިކާގައި ޕޮޒިޓިވްވީ އިއްޔެ
ބުރާސްފަތި ދުވަހު އެކަނި ވެސް 39،972 މީހުން ޕޮޒިޓިވްވެފައިވޭ
2425 މީހަކު އިއްޔެ އެކަނި ވަނީ މަރުވެފައި

މިހާތަނަށް އެމެރިކާގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވަނީ ބުރާސްފަތި ދުވަހު ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލުން ބުނެފައިވަނީ ބުރާސްފަތި ދުވަހަކީ އެގައުމުގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަސް ކަމަށާއި، ބުރާސްފަތި ދުވަހު އެކަނި ވެސް 39،972 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 2425 މީހަކު ވަނީ މަރުވެފައެވެ. މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާގައި އެންމެ ގިނަ ކޭސްތައް ރިޕޯޓް ކުރެވުނު ދުވަހެވެ.

އެމެރިކާގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2.4 މިލިއަނަށް އަރާފައެވެ. މަރުވި މީހުންގެ އަދަދު ވަނީ 1 ލައްކަ 24 ހާހަށްވުރެ މައްޗަށް އަރާފައެވެ. މިއީ އެމެރިކާގެ 50 ސިޓީގެ ތަފާސް ހިސާބެވެ.

އެމެރިކާގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ނިއުޔޯކްގައެވެ. ދެވަނަ އަށް ކެލިފޯނިއާ ހިމެނޭ އިރު ބުރާސްފަތި ދުވަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ނިއު ޖާޒީ އިންނެވެ.

- ކޮމެންޓް