ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 22:43
ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 17 މީހެއް
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2277 އަށް އަރާފައި
އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓް ކުރެވިފައިވަނީ 416
ބުރާސްފަތި ދުވަހު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 7 ދިވެހިން

ބުރާސްފަތި ދުވަހު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ 17 މީހެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހުގެރޭ އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓްގައި ވަނީ ރާއްޖެއިން ބުރާސްފަތި ދުވަހު ޕޮޒިޓިވް ވެފައިވަނީ 7 ދިވެހިންނާއި ބަންގްލަދޭޝްގެ 10 މީހުން ކަމަށެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2277 އަށް އަރާފައެވެ. އަދި ރަނގަޅުވެފައިވާ މީހުންގެ އަދަދު 1848 އެވެ. މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ރިޕޯޓް ކުރެވިފައިވަނީ 416 އެވެ.

- ކޮމެންޓް