ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 19:12
ކ.ހިންމަފުށި، ޝަކުވާ ފޯމް ހުށަހަޅަން ޖެހެނީ ކައުންސިލްގެ އީމެއިލްއަށް
ސިވިޓާޓިސް
ހިންމަފުށިން ގޯތި ދޫކުރުން
ހިންމަފުށިން ގޯތި ދޫކުރުން: ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ފޯމް ބާތިލްވެފައިވާ މީހުންގެ ވަގުތީލިސްޓް މިހާރު ވަނީ އާންމުކޮށްފައި
މަސައްކަތް ކުރަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ގެ ލަފައާއެކު
01 ޖުލައިވާ ބުދަ ދުވަހުގެ ގެ 13:00 ގެ ކުރިން ޝަކުވާ ހުށަހަޅަންޖެހޭ

ކ. ހިންމަފުށިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ، އަދި ފޯމް ބާތިލްވެފައިވާ މީހުންގެ ވަގުތީލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހިންމަފުށީ ކައުންސިލުން ބުނީ ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަނުވާ، އަދި ފޯމް ބާތިލްވެފައިވާ މީހުންގެ ވަގުތީ ލިސްޓް އަލުން އާންމުކޮށްފައިވާ ކަމަށެވެ.

މި ވަގުތީ ލިސްޓު އާންމުކުރީ ރަށުގައި ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް ކުރި އިއުލާނާ ގުޅިގެން ޝަރުތު ހަމަނުވާ އަދި ފޯމް ބާތިލްވެފައިވާ، ވަގުތީ ލިސްޓަށް ރިއާޔަތްކޮށް ރައްޔިތުންގެ ޝަކުވާތަކަށް ބަލާ ގޯތި ކޮމެޓީއިން މިކަމުގައި މިނިސްޓްރީ އޮފް ހައުސިންގގެ ލަފާހޯދުމަށްފަހު އެލިސްޓް ބާތިލް ކޮށް އަލުން ރިވިއު ކުރުމަށްފަހު ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ލިސްޓްގައިވާ މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ޝަކުވާ އެއްހުށަހަޅަން ބޭނުންވާނަމަ، "ކ. ހިންމަފުށިން ދޫކުރާ 100 ގޯއްޗަށް އެދިފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅާ ފޯމް "ފުރުމަށްފަހު 01 ޖުލައި 2020 ވާ ބުދަ ދުވަހުގެ ގެ 13:00 ގެ ކުރިން ޝަކުވާ ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ޝަކުވާ ފޯމް ހުށަހަޅާނީ ކައުންސިލްގެ މެއިލްއަށް ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ ޝަރުތުހަމަނުވާ، އަދި ފޯމް ބާތިލްވެފައިވާ ވަގުތީ ލިސްޓްގައިވާ މީހުންގެ ޝަކުވާތަކަށް ކައުންސިލް މެއިލްގެ ޒަރީއާއިން ޖަވާބު ލިބޭނެ ކަމަށެވެ.

- ކޮމެންޓް