ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 14:52
ސާޖިއޯ އަގުއޭރޯއަށް ލިބުނު އަނިޔާއާ ގުޅިގެން ބަދަލުކުރަނީ: އޭނާއަށް މި ސީޒަންގެ ޕްރިމިއާ ލީގުގައި އަގުއޭރޯއަށް ދެން ނުކުޅެވޭނެ
ސާޖިއޯ އަގުއޭރޯއަށް ލިބުނު އަނިޔާއާ ގުޅިގެން ބަދަލުކުރަނީ: އޭނާއަށް މި ސީޒަންގެ ޕްރިމިއާ ލީގުގައި އަގުއޭރޯއަށް ދެން ނުކުޅެވޭނެ
ގެޓީ އިމޭޖަސް
އަގުއޭރޯ ކަކުލުގެ އޮޕަރޭޝަނެއް ކުރުން
ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އަގުއޭރޯ އޮޕަރޭޝަނެއް ކޮށްފި
ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި އަގުއޭރޯއަށް އަނިޔާވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި
އަގުއޭރޯ އޮޕަރޭޝަން ކުރީ ސްޕެއިންގެ ބާސެލޯނާއިން

މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޮޕަރޭޝަނެއް ކޮށްފިއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ 5-0 ން ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި އަގުއޭރޯއަށް އަނިޔާވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.

މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އަގުއޭރޯއަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ބުނެފައެވެ. އަދި މި ވަގުތު ފެންނަ ފެނުމަށް ބަލާއިރު އެންމެ އަވަސް ވެގެންވެސް އަގުއޭރޯއަށް އެނބުރި ކުޅުމަށް އާދެވޭނީ މަދުވެގެން ހަފްތާއެއްހާ ދުވަސް ފަހުން ކަމަށެވެ.

ކަކުލަށް ލިބުނު އަނިޔާއަށް އިތުތު ފަރުވާ ހޯދަން އަގުއޭރޯ ސްޕެއިންގެ ބާސެލޯނާއަށް ދިޔައިރު، އަގުއޭރޯ ވަނީ ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ. އެހެންކަމުން މި ސީޒަންގެ ޕްރިމިއާ ލީގުގައި އަގުއޭރޯއަށް ދެން ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ.

އަގުއޭރޯ ބުނީ ކަކުލުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، ވީ އެންމެ އަވަހަކަށް ކުޅުމުގެ ތެރެއަށް އެނބުރި އަންނަން ބޭނުންވާ ކަމަށެވެ.

މި ސީޒަނުގައި ސިޓީން މިހާތަނަށް ކުޅުނު 30 މެޗުގެ ތެރެއިން 24 މެޗުގައި އަގުއޭރޯ ކުޅެފައިވާއިރު، އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ލީގުގައި 16 ލަނޑު ޖަހާފައެވެ. އަދި މި ސީޒަނުގައި ޖެނުއަރީ މަހު އެސްޓަން ވިލާއާ ދެކޮޅަށް ހެދި ހެޓްރިކާއެކު އަގުއޭރޯ ވަނީ އޭނާގެ ކެރިއަރުގެ 12 ވަނަ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ލީގުގެ ދެވަނައިގައި އޮތް ސިޓީން ހޯމަ ދުވަހުގެރޭ ބާންލީ އަތުން ބޮޑު މޮޅެއް ހޯދިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ ބުރާސްފަތި ދުވަހުގެރޭއެވެ. ބުރާސްފަތި ދުވަހުގެރޭ ސިޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް