ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 12:49
ހުޅުމާލެ ދެވަނަ ފިޔަވަހީގެ 25 ބުރީގެ ޓަވަރެއް: 25 ބުރީގެ 16 ޓަވަރު ހުރިއިރު، 6720 ފްލެޓް ހިމެނޭ، މި ފްލެޓްތަކުގައި ގާތްގަނޑަކަށް 32،000 މީހުން ދިރިއުޅޭނެ ކަމަށް ބެލެވޭ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ 25 ބުރީގެ ޓަވަރެއް: 25 ބުރީގެ 16 ޓަވަރު ހުރިއިރު، 6720 ފްލެޓް ހިމެނޭ، މި ފްލެޓްތަކުގައި ގާތްގަނޑަކަށް 32،000 މީހުން ދިރިއުޅޭނެ ކަމަށް ބެލެވޭ
މުހައްމަދު ފަޒީން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅުން
ހުޅުމާލެ ދެވަނަ ފިޔަވައްސަށް 2 ސްކޫލް އަދި 2 މިސްކަތް އެޅުމުގެ މަސައްކަތް އެބަކުރެވޭ: އެޗްޑީސީ
އެއް ސްކޫލް ޑިޒައިންކޮށް، ޑެންޓަރިންގ މަރުހަލާގައި، އަނެއް ސްކޫލް އިންޓަރނޭޝަނަލް ސްކޫލަކަށް، ބަޔަކާ ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދޭ
އެއް މިސްކިތުގެ މަސައްކަތް މިހާރުވެސް އެބަކުރެވޭ، ދެވަނަ މިސްކިތަކީ އަމިއްލަ ފަރާތަކުން ޑޮނޭޓްކުރާ މިސްކިތެއް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެންފަށާއިރު، ސްކޫލްތައް ނުނިންމިދާނެ

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 2 ސްކޫލަކާއި ދެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

"ހިޔާ" މަޝްރޫއުގެ ފްލެޓްތަކާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އެކި ގޮތްގޮތަށް ވާހަަކަ ފެތުރެމުންދާތީ، މީޑިއާތަކަށް ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރާއި، އަދި އެޓަވަރުތަކުގައި ހަދާފައިވާ ޔުނިޓްތައް ނުވަތަ ފްލެޓްތައް ބުދަ ދުވަހު ދައްކާލުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، އެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް ސްކޫލްތަކާއި މިސްކިތްތައް ފަދަ ތަންތަން ބިނާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

މިހާރު 1 ސްކޫލް މަސައްކަތް ޑިޒައިންކޮށް، ޓެންޑަރ ކުރުމުގެ މަރުހަލާގައިވޭ، ދެ ވަނަ ސްކޫލް، އިންޓަރނޭޝަނަލް ސްކޫލެއް ގޮތަށް، ރާއްޖެއިން ބޭރުގެ ފަރާތަކާ ހަވާލު ކުރުމުގެ މަސައްކަތް ވެސް އެބަކުރެވޭ،
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު

ސުހައިލް ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓްތަކަށް މީހުން ދާންވާއިރަށް ސްކޫލްތައް ނުނިމި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް މަސައްކަތް ކުރަމުންދަނީ ވަރަށް އަވަހަށް ހަތަރު ސްކޫލެއްގެ މަސައްކަތް ފަށައި ނިންމުމަށް ކަމަށެވެ.

ސުހައިލް ވިދާޅުވީ، ހުޅުމާލެ ފޭސް އެކެއްގައި ހުރި ބައެއް ސްކޫލްތަކުގައި ވެސް ޖާގަ އެބަހުރި ކަމަށެވެ.

މިހާރު އެއް މިސްކިތުގެ މަސައްކަތް ކުރެވެމުން އެބަދޭ، އަދި އިތުރު ފަރާތަކުން ޑޮނޭޝަނެއްގެ ގޮތުގައި މިސްކިތެއް ބިނާ ކުރަން ހުށަހަޅާފައިވާތީ އެމަސައްކަތް ވެސް ކުރެވެމުންދޭ.
އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 25 ބުރީގެ 16 ޓަވަރުގައި، ޖުމްލަ 6720 ފްލެޓް ހިމެނެއެވެ. އެއީ މުޅިންވެސް އެވްރެޖް 570 އަކަފޫޓުގެ ފްލެޓް ކުދި ފްލެޓްތަކެކެވެ. ކޮންމެ ފްލެޓެއްގައި ވެސް ހުންނަނީ ދެ ކޮޓަރީއާއެކު ދެ ފާހާނާ އެވެ. އަދި ލިވިންގ އޭރިއާގައި ކައްކައި ކެވޭ ގޮތަށް ބޭނުންކުރަން ޖެހޭއިރު، އަންނައުނު ފަދަ ތަކެތި ދޮވުމާއި ހިއްކަން އެޅުމަށް ހަމަޖައްސާފައިވަނީ ބެލްކަނީގަ އެވެ. އެތަނުގެ ޖާގަވެސް ވަރަށް ކުޑައެވެ.

ކޮންމެ ޓަވަރެއްގައި 2000 އެއްހާ މީހުން އުޅޭނެ ކަމަށް ބެލެވޭއިރު، ކޮންމެ ޓަވަރެއްގައި އަރާ ފޭބުމަށް ބޭނުން ކުރަން ހުންނަނީ 3 ލިފްޓެވެ. އެއިން ކޮންމެ ލިފްޓަކަށް އެފަހަރާ އެންމެ ގިނަ ވެގެން ވެސް އެރެނީ 14 މީހުންނަށެވެ.

މި ފްލެޓްތައް ދޫކުރަން ނިންމާފައިވަނީ، 20 އަހަރަށް ބަހާލައިގެން ކޮންމެ މަހަކު 11،000ރ ދައްކާ ހަލާސްކުރާ ގޮތަށެވެ.

މި ފްލެޓްތައް އިމާރާތްކުރުމަށް ސަރުކާރުން 434 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ.

- ކޮމެންޓް
27 ޖޫން 2020 | ހޮނިހިރު 00:17
އެދުރުބެ
ތި ފްލެޓްތައް -/5600 އަށް މި ސަރުކާރުން ވެސް ދޭނެ. ނުދީ ކީއްކުރާނީ..މަދުވެގެ 5 ސްކޫލާއި(ސްކޫލަކަށް 1500 ކުދިންގެ މަގުން) 5 ޕްރީ ސްކޫލް ބޭނުންވާނެ، 8-10 މިސްކިތް ބޭނުންވާނެ.
25 ޖޫން 2020 | ބުރާސްފަތި 14:41
ސީދާ
ކުލި ތިއޮތީ އަތް ނުފޯރާ ހިސާބުގަ ! ޢެހާ ދިރިއުޅެން ކަމުނުދާތަނެއްގެ ކުލި އަތް ފޯރާ ފަށަށް ގެނެސް ދެއްވުމަކީ ރައްޔިތުންނަށްޓަކައި ސަރުކާރުންކޮށް ދެއްވިދާނެ ހަމްދަރުދީގެ އާއި އޯގާތެރި ކަމަކަށް ވެގެންދާނެ !