ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 16:18
ޕީއެސްޖީގެ ޑިފެންޑަރު ތިއާގޯ ސިލްވާ: މި ސީޒަން ނިމުމުން އޭނާ ޕީއެސްޖީ ދޫކޮށްލާނެ
ޕީއެސްޖީގެ ޑިފެންޑަރު ތިއާގޯ ސިލްވާ: މި ސީޒަން ނިމުމުން އޭނާ ޕީއެސްޖީ ދޫކޮށްލާނެ
ގެޓީ އިމޭޖަސް
ތިއާގޯ ސިލްވާ ހޯދުމުގެ މަސައްކަތް
ސިލްވާއަށް ފިއޮރެންޓީނާއިން ޝައުގުވެރިކަން ފާޅުކޮށްފި
ޕީއެސްޖީ އާއެކު ސިލްވާ ހަދާފައިވާ އެއްބަސްވުން މި ޖޫން މަހު ހަމަވާނެ
ސިލްވާ ދޫކޮށްލާނެކަން ޕީއެސްޖީން ވަނީ ހާމަކޮށްފައި

ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ހޯދުމަށް ފިއޮރެންޓީނާއިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ޕީއެސްޖީއާއެކު އެޓީމުގެ ކެޕްޓަން ހަދާފައިވާ އެއްބަސްވުން މި ޖޫން މަހު ހަމަވާނެއެވެ. އެކަމަކު އުމުރުން 35 އަހަރުގެ ސިލްވާ މި ސީޒަން ނިމެންދެން ޕީއެސްޖީގައި މަޑުކުރި ނަމަވެސް، މިސީޒަނަށްފަހު ޕީއެސްޖީއާއެކު އިތުރު އެއްބަސްވުމެއްގައި ސޮއިނުކުރަން ވަނީ ނިންމާފައެވެ. ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރު ލިއެނާޑޯވެސް ވަނީ މި ސީޒަން ނިމުމުން ޕީއެސްޖީން ސިލްވާ ދޫކޮށްލާނެކަން ހާމަކޮށްފައެވެ.

ފިއޮރެންޓީނާގެ ޖެނެރަލް ޑިރެކްޓަރު ޖޮ ބަރޯން ބުނީ ސިލްވާއަކީ އަންނަ ސީޒަނަށް އެޓީމުން ގެންނަށް ބޭނުންވާ ކުޅުންތެރިއެއް ކަމަށާއި، އެކަމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ސިލްވާއަކީ އެންމެ މަތީ ފަންތީގައި ކުޅެމުން އަންނަ ކުޅުންތެރިއެއް ކަމަށާއި، އުންމީދަކީ އަންނަ ސީޒަނަށް އޭނާ ފިއޮރެންޓިނާއަށް ބަދަލުވުން ކަމަށްވެސް ބުންޏެވެ.

ފިއޮރެންޓީނާއިން ސިލްވާ ހޯދަން މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިންވެސް ސިލްވާ ވަނީ އިޓާލިއަން ލީގުގައި ކުޅެފައެވެ. އެގޮތުން އޭސީ މިލާނުގައި ތިން ސީޒަން ހޭދަކުރުމަށްފަހު ސިލްވާ ޕީއެސްޖީއަށް ބަދަލުވީ 2012 ވަނަ އަހަރެވެ.

މިހާތަނަށް ޕީއެސްޖީއަށް 310 މެޗު ކުޅެދީފައިވާ ސިލްވާ ވަނީ ޕީއެސްޖީއާއެކު ފްރެންޗު ލީގު ހަތް ފަހަރު ހޯދާފައެވެ. އަދި އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓިމާއެކު މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް