ކ. މާލެ
|
23 ޖޫން 2020 | އަންގާރަ 16:19
ސާޖިއޯ އަގުއޭރޯއަށް ލިބުނު އަނިޔާއާ ގުޅިގެން ބަދަލުކުރަނީ: އަގުއޭރޯއަށް އެނބުރި ކުޅުމަށް އާދެވޭނީ މަދުވެގެން ހަފްތާއެއްހާ ދުވަސް ފަހުން
ސާޖިއޯ އަގުއޭރޯއަށް ލިބުނު އަނިޔާއާ ގުޅިގެން ބަދަލުކުރަނީ: އަގުއޭރޯއަށް އެނބުރި ކުޅުމަށް އާދެވޭނީ މަދުވެގެން ހަފްތާއެއްހާ ދުވަސް ފަހުން
ގެޓީ އިމޭޖަސް
އަގުއޭރޯއަށް އަނިޔާވުން
އަގުއޭރޯއަށް ލިބުނު އަނިޔާ ސީރިއަސް: ގާޑިއޯލާ
ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި އަގުއޭރޯއަށް އަނިޔާވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި
އަގުއޭރޯއަށް އެނބުރި ކުޅުމަށް އާދެވޭނީ މަދުވެގެން ހަފްތާއެއްހާ ދުވަސް ފަހުން

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެރޭ ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި ފޯވާޑް ސާޖިއޯ އަގުއޭރޯއަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯ ބުނެފިއެވެ.

5-0 ން ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައި އަގުއޭރޯއަށް އަނިޔާވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.

މެޗަށްފަހު ގާޑިއޯލާ ވަނީ މިދިޔަ މަހުގެ ތެރޭގައި އަގުއޭރޯ ކަކުލަށް ތަދުވާތީ އުޅުނު ކަމަށާއި, މިފަހަރު އޭނާއަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް ބުނެފައެވެ. އަދި ބުނީ އަނިޔާގެ ތަފްސީލު އެނގޭނީ ޓެސްޓުތަކެއް ހަދައިގެން ކަމަށާއި، މި ވަގުތު ފެންނަ ފެނުމަށް ބަލާއިރު އެންމެ އަވަސް ވެގެންވެސް އަގުއޭރޯއަށް އެނބުރި ކުޅުމަށް އާދެވޭނީ މަދުވެގެން ހަފްތާއެއްހާ ދުވަސް ފަހުން ކަމަށެވެ.

މި ސީޒަނުގައި ސިޓީން މިހާތަނަށް ކުޅުނު 30 މެޗުގެ ތެރެއިން 24 މެޗުގައި އަގުއޭރޯ ކުޅެފައިވާއިރު، އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ލީގުގައި 16 ލަނޑު ޖަހާފައެވެ. އަދި މި ސީޒަނުގައި ޖެނުއަރީ މަހު އެސްޓަން ވިލާއާ ދެކޮޅަށް ހެދި ހެޓްރިކާއެކު އަގުއޭރޯ ވަނީ އޭނާގެ ކެރިއަރުގެ 12 ވަނަ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ލީގުގެ ދެވަނައިގައި އޮތް ސިޓީން ހޯމަ ދުވަހުގެރޭ ބާންލީ އަތުން ބޮޑު މޮޅެއް ހޯދިއިރު، ލީގުގައި ދެން އެޓީމުން މެޗެއް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭއެވެ. އެރޭ ސިޓީ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް