ކ. މާލެ
|
22 ޖޫން 2020 | ހޯމަ 22:21
މާލޭގައި އެކްޓިވް ސަރވައިލެންސްގެ ތެރެއިން މާލޭގެ ބާޒާރު ސަރަހައްދުގައި މީހެއްގެ ސާމްޕަލް ނަގަނީ
މާލޭގައި އެކްޓިވް ސަރވައިލެންސްގެ ތެރެއިން މާލޭގެ ބާޒާރު ސަރަހައްދުގައި މީހެއްގެ ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ރާއްޖޭގެ ކޮވިޑުގެ ހާލަތު: ޕޮޒިޓިވްވީ 14 މީހުން، ރަނގަޅުވީ 10 މީހުން
ޕޮޒިޓިވްވީ 8 ދިވެހިންނާއި، ބަންގުލަދޭޝްގެ 3 މީހުންނާއި އިންޑިއާގެ 2 މީހެއް އަދި ލަންކާ މީހެއް
މިހާތަނަށް ބަލިން ރަނގަޅުވީ 1813 މީހުން
އެކްޓިވް ކޭސްތަކުގެ އަދަދުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވޭ

އިތުރު 14 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ، 10 މީހަކު ބަލިން ފަސޭހަވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި، ބަންގުލަދޭޝްގެ 3 މީހުންނާއި އިންޑިއާގެ 2 މީހުންނާއި އަދި ލަންކާ މީހެކެވެ. މިއާއެކު ރާއްޖޭގައި ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ވަނީ 2217ށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ބަލިން ރަނގަޅުވީ 1813 މީހުންނެވެ. އެހެންކަމުން ފާއިތުވި 24 ގަޑި އިރު ތެރޭގައި ބަލިން ރަނގަޅުވީ އިތުރު 10 މީހުންނެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ފާއިތުވި 24 ގަޑިއިރު ތެރޭގައި 816 ސާމްޕަލްގެ ނަތީޖަ ލިބިފައިވާ ކަމަށެވެ. މިހާތަނަށް 42،830 މީހެއްގެ ސާމްޕަލް ވަނީ ޓެސްޓް ކުރެވިފައެވެ.

މަބްރޫކް ވިދާޅުވީ ހޯމަ ދުވަހު ޓެސްޓް ކުރުމަށް 1276 ސާމްޕަލެއް ނެގިފައިވާ ކަމަށާއި، 1130 ސާމްޕަލްގެ ނަތީޖާ އަދި ނުލިބި އެބަހުރި ކަމަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި 311 މީހަކު އަދި ކަރަންޓީން ފެސިލިޓީތަކުގައި 140 މީހަކު މިވަގުތު އެބަތިއްބެވެ.

- ކޮމެންޓް