Advertisement
ކ. މާލެ
|
9 އޭޕްރިލް 2017 | އާދީއްތަ 14:27
ލ. ކުނަހަންދޫ ސްކޫލް
ލ. ކުނަހަންދޫ ސްކޫލް
ގޫގުލް
ކުނަހަންދޫ
މަދިރި ގިނަ ވެގެން ކުނަހަންދޫ ސްކޫލް ބަންދުކޮށްފި
ސްކޫލް ކިޔެވުން ބަންދުކުރީ ރޯގާވެސް އުޅޭތީ އެކަމަށް ރައްކާތެރި ވުމަށް
މަދިރި ނައްތާލުމަށް ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމަށް ވަނީ އެދިފައި

މަދިރި ގިނަވުމުގެ ސަބަބުން ލ. ކުނަހަންދޫ ސްކޫލް އާދީއްތަ ދުވަހު ބަންދުކޮށްފި އެވެ. 

ކުނަހަންދޫ ކައުންސިލްގެ ނާއިބު ރައީސް ލިރްގާމު ސައީދު އާދިއްތަ ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ މަދިރީގެ ސަބަބުން އެއްގޮތަކަށްވެސް ކްލާސްތަކުގައި ދަރިވަރުންނަށް ކިޔަވައިދެވޭ ގޮތް ނުވާ ކަމަށެވެ. އަދި މިދުވަސްވަރަކީ ރާއްޖޭގައި އެކިއެކި ރޯގާ އުޅޭ ދުވަސްވަރަކަށްވާތީ ރޯގާތަކުން ދަރިވަރުން ރައްކާތެރިކުރުމަކީ މުހިއްމު ކަމެއްކަމަށް ގަބޫލު ކުރެވޭތީ އާދިއްތަ ދުވަހު ސްކޫލް ބަންދުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ލިރްގާމް ވިދާޅުވީ މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެގޮތުން އަތޮޅު ސިއްހީ މަރުކަޒާއި އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް ކުރިން ބޭނުންކުރި ފޮގް މެޝިން މިވަގުތު ހުރީ ހަލާކު ވެފައިކަމަށާއި އެހެން ކަމުން ފޮގް ކުރެވޭ ގޮތެއް ވޭތޯ ބަލަމުންދާ ކަމަށް ލިރްގާމު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް