ކ. މާލެ
|
22 ޖޫން 2020 | ހޯމަ 03:22
މީގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ޑރ. އަބްދުﷲ ރަޝީދު ވާހަކަ ދައްކަވަނީ
މީގެ ކުރިން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ޑރ. އަބްދުﷲ ރަޝީދު ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ނާސްތާ އާއި ސްޓޭޝަނަރީ ފޯރުކޮށްދިނުން
ނާސްތާއާއި ސްޓޭޝަނަރީ ފޯރުކޮށްދޭންވީ ބޭނުންވާނަމަ އެކަނި: ޑރ. އަބްދުﷲ ރަޝީދު
ހުރިހާ ދަރިވަރުންނަށް ފޮތް/ފަންސުރު ފޯރުކޮށްދޭން ނުޖެހޭނެ ކަމަށް ވިދާޅުވި
ސްކޫލްތަކަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ ވައުދެއް

ހެނދުނުގެ ނާސްތާ އަދި ސްޓޭޝަނަރީ ފޯރުކޮށްދޭންވީ، އެކަމަށް އެންމެ ބޭނުންވާ ދަރިވަރުންނަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޢަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ހުރިހާ ދަރިވަރުންނަށް ފޮތް ފަންސުރު ފަދަ ކިޔެވުމަށް ބޭނުންވާ ތަކެތި ސަރުކާރުން ފޯރުކޮށް ދޭން ނުޖެހޭ ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި އިންކަމް ޓެކްސް ނަގަން ފެށުމުން ކޮންމެ މީހަކަށްވެސް އާމްދަނީގެ ގޮތުން ލިބެން އޮންނަ އެއްޗެއް ފެންނަަން އޮންނާނެކަން ފާހަގަކުރައްވަމުން ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، އޭނާގެ ނަޒަރުގައި ހެނދުނުގެ ނާސްތާ އާއި ފޮތް ފަންސުރު ދޭން ވާނީ ވަކި ވަރެއްގެ އާމްދަނީ ލިބޭ ފަރާތްތަަކަށް ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ނާސްތާވެސް އަދި ފޮތް ފަންސުރުވެސް ވެސް ފޯރުކޮށްދޭން ޖެހޭނީ އެކަމަށް ބޭނުންވާ މީހުންނަށް.
ޑރ. އަބްދުﷲ ރަޝީދު - އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު

ކިޔަވާ ހުރިހާ ދަރިވަރުންނަށް ނާސްތާ ފޯރުކޮށް ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. ނާސްތާ ޕްރޮގްރާމްގެ ފުރަތަމަ އަހަރަށް 123 މިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

- ކޮމެންޓް
22 ޖޫން 2020 | ހޯމަ 22:08
އަހުމަދު
އަބްދުﷲރަޝީދަށްތާއީދު