ކ. މާލެ
|
21 ޖޫން 2020 | އާދީއްތަ 19:45
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
ރައީސް އޮފީސް
ހިލޭ ޑިގްރީ އަށް ކިޔަވައި ދިނުން
ޝަރުތުތަކާއެކު ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރި ކުރުމަށް އެޑިއުކޭޝަން މިނިސްޓަރު ހުށައަޅުއްވައިފި
އެެއްޗެއް ހިލޭ ލިބެންޏާ ވެލިއު ދަށްވެދާނެ
ބޭނުންވަނީ ފެންވަރު ރަނގަޅު ޓީޗަރުން
ހިލޭ ޑިގްރީ ފޯރުކޮށްދިނުމަކީ ސަރުކާރުގެ ވައުދެއް

ހިލޭ ޑިގްރީ ޕްްރޮގްރާމްގައި ބައިވެރިވާން ޝަރުތުތަކެއް ހިމެނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހުށައަޅުއްވައިފިއެވެ.

ތައުލީމީ ބިލް ދިރާސާ ކުރުމަށް އާދިއްތަ ދުވަހު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި، އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އެއްވެސް އެއްޗެއް ހިލޭ ލިބޭކަމަށްވާނަމަ އޭގެ އަގު ކުޑަވެގެން ހިނގާދާނެ ކަމަށެވެ. އަދި ދައުލަތުން ޑިގްރީއަށް ހަރަދު ކުރާތީވެ ޑިގްރީއެއް ހަދައިގެން އޭގެ އެއްވެސް ބޭނުމެއް ނުކުރެވޭތަން މުސްތަގުބަލުގައި ފެނިގެން ހިނގައިދާނެ ކަމަށް ވިދާޅުވިއެވެ.

އެހެންވީމާ ވެލިއު ދަށްވެދާނެޔޭ. ކޮންމެސް ގޮތަކަށް ހެދޭނީ މިވެނި ޝަރުތުތަކެއް ހުންނަ ކުދިންނަށޭ. ކިޔެވުމުގެ އެސްޕިރޭޝަން ހުންނަ ކުދިންނަށް ހެދޭ ކަހަލަ ގޮތަކަށް އޮތުން ރަނގަޅުވާނެ.
ޑރ. އައިޝަތު އަލީ - އެޑިއުކޭޝަން މިނިސްޓަރު

އޭގެ އިތުރުން ޑރ. އައިޝަތު އަލީ ވިދާޅުވީ، އަލަށް ތައުލީމީ ދާއިރާއަށް ނިކުންނަ ޓީޗަރެއްނަމަ އެންމެ މަދުވެގެން ހަތަރު އަހަރުގެ ޑިގްރީއެއް އޮންނަން ޖެހޭނެ ކަމަށާއި، ބޭނުންވަނީ ފެންވަރު ރަނގަޅު ޓީޗަރުން ކަމަށެވެ.

އެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު އަހުމަދު ވިދާޅުވީ، ހިލޭ ޑިގްރީ ދިނުމުގައި ޝަރުތުތަކެއް ހުންނައިރުގައި އެ ހަދާ ކޯހަކީ ނެޝަނަލް ޑިވޮލޮޕްމެންޓުގެ ރިކުއަރމަންޓަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ހިލޭ ޑިގްރީއަށް ދައުލަތުން ހަރަދުކުރަންވާނީ އެ ދުވަސްވަރަކު ނެޝަނަލް ޑިވޮލޮޕްމެންޓަށް ބޭނުންވާ ރިކުއަރމެންޓަށް ފެތޭ ކޯހެއް ކަމަށް ވާނަމަ ކަމަށެވެ.

- ކޮމެންޓް
23 ޖޫން 2020 | އަންގާރަ 16:38
790 އިބްރާހިމް
ހަހަހަ ކަމެއް ފެށުމުގެ ކުރިން ދެކޮޅުނުބަލާ ފަށަނީ އަމާ ނުނީމަ ފަރައްދާ އުސޫލުން ކަންކަން ކުރަނީ ހޭދެބައިވެގެން ޕޯޑިއަމް އެއް ފެނުނީމަ އިންތާބު ކައިރިވީމާ ކިޔޭ ނުކިޔޭ ނޭގި ތިބެގެން ފާދު ފާދު ގެ ވައުދު ވަނީ ރައީސް މައުމޫނައް ޖެއްސުމައް ބުނީ ފޮތްފަނސުރު ހިލޭދޭން ފާސްކުރީ ، ސްކޫލްކުދިންނައް ހެނދުނު ގެ ނާސްތާ ދޭން ބުނީ ރިޔާސީ ވައުދެއްގެ ގޮތުގައި އެދުވަހު ކަންކަން ކުރަން ބުނި އިރު އެންމެ ކުޑަ ވެގެން އަންދާޒީ ހިސާބެއް ހަދާލި ނަމަވެސް ސަރުކާރައް ނުއުފުލޭނެ ބުރައެއްކަން އިގުނީސް .. މިއަދު މި ފެންނަނީ ސަރުކާރާއި ޕާރޓީ ގެ އިސްމީހުންގެ ދަރިންނއް ހިލޭ ކިޔެވޭނެ މަގު ފަހި ވުމުން ދެންތިބި އާދައިގެ މީހުން ގެ ދަރިނައް އެފުރުސަތު ބަންދު ކުރުމައް ވާހަކ ދައްކާތަން .. މި