ކ. މާލެ
|
20 ޖޫން 2020 | ހޮނިހިރު 11:41
ސްޓެލްކޯގެ ޖަނަރޭޓަރެއްގެ މަރާމާތުގެ މަސައްކަތް ކުރަނީ؛ ހެންވޭރުގައި ކަރަންޓް އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށް މެންދުރު ފަހު ކަރަންޓު ކަނޑާލަން ވަނީ ނިންމާފައި
ސްޓެލްކޯގެ ޖަނަރޭޓަރެއްގެ މަރާމާތުގެ މަސައްކަތް ކުރަނީ؛ ހެންވޭރުގައި ކަރަންޓް އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށް މެންދުރު ފަހު ކަރަންޓު ކަނޑާލަން ވަނީ ނިންމާފައި
ރައީސް އޮފީސް
ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލުން
އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށް ހެންވޭރުގެ ބައެއް ސަރަހައްދުން ކަރަންޓު ކަނޑާލަނީ
މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓް އަލުން ދެވޭނެ
ކަރަންޓް ކެނޑުމަށް ނިންމާފައިވަނީ މެންދުރު 2:00ން ހަވިރު 5:00ށް

ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރުމަށް ހެންވޭރުގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މާލޭގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ހެންވޭރުގެ ސަރަހައްދަކުން މިއަދު މެންދުރު 2:00ން ހަވީރު 5:00އާ ދެމެދު ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ގަޑިތައް މިގޮތަށް ބަޔާންކޮށްފައި ވީނަމަވެސް، އެ މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.

ކަރަންޓް ކަނޑާލުމަށް ހަމަޖެހިފައިވަނީ އެސްއެސް19 އެލްވީ ކޭބަލް އަޕްގްރޭޑް ކުރުމަށާއި، އެސްއެސް57 ކޭބަލުން އެސްއެސް19 ކޭބަލަށް ލޯޑް ޓްރާންސްފަރ ކުރުމަށެވެ. މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން މާލޭގެ ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އޮތީ މެދުކެނޑުމަކަށް އައިސްފައެވެ.

- ކޮމެންޓް