ވިޔަފާރީގެ ގޮތުގައި މަސްވެރިކަން ކުރަން ބޭނުންވާ މީހުންނަށް މާލެސިޓީ ކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ހުޅުވާލައިފިއެވެ.
މާލެސިޓީ ކައުންސިލުން ބުނީ ފުރަބަންދުގެ ތެރޭގައި މާލެސިޓީ އިން ވިޔަފާރީގެ ގޮތުގައި މަހަށް (ކަނޑުމަސް ކުދި މަހާއި ފަހުމަސްވެރި ކަމަށް) ފުރަން ބޭނުންވާ މީހުން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ. ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދިފައިވާއިރު، މީގެ ކުރިން މަސްވެރިކަން ކުރާ މީހުން މަހަށް ދިއުމަށް ޖެހެނީ ގުޅައިގެން ނަން ނޯޓުކުރާށެވެ.
ކޮވިޑް-19އާ ގުޅިގެން މާލެސިޓީ ލޮކްޑައުން ކުރުމާ ގުޅިގެން އަމިއްލަ މަސައްކަތްތައް ކުރާ ގިނަ ބައެއްގެ މަސައްކަތްތައް ހުއްޓި ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހި އާމްދަނީ ލިބުން ވަނީ ހުއްޓިފައެވެ. އެގޮތުން އެންމެ ބޮޑު ދަތިތަކާ ކުރިމަތިލި އެއްބަޔަކީ ވިޔަފާރީގެ އުސޫލުން މަހަށް ގޮސް މިވިޔަފާރީގައި އުޅޭ ފަރާތްތަކަށްށެވެ.
މާލެއިން ކޮވިޑް-19ގެ ކޭސްއެއް އޭޕްރީލް 15 ވަނަ ދުވަހު ރިޕޯޓު ކުރުމާ ގުޅިގެން ފުލްލޮކްޑައުން އަކަށް ދިޔައެވެ. އަދި މިހާރު ޕޮޒިޓިވްވާ ކޭސްތައް މަދުވުމާ ގުޅިގެން ޖޫން 15 ގައި ލޮކްޑައުންއަށް ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން ފަތިހު 5:00 ން ރޭގަނޑު 22:00 ށް ހުއްދައާ ނުލާ ބޭރުގައި އުޅެވޭނެއެވެ. ލުއިތައް ދިންކަމުގައި ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި މިކަންކަމަށް ފަރުވާ ކުޑަ ނުކުރުމަށް ހެލްރް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.