ކ. މާލެ
|
14 ޖޫން 2020 | އާދީއްތަ 00:29
ގއ. ކަނޑުހުޅުދޫގައި އަލަށް އެޅި ޓާފް ފުޓްސަލް ދަނޑު
ގއ. ކަނޑުހުޅުދޫގައި އަލަށް އެޅި ޓާފް ފުޓްސަލް ދަނޑު
ޔޫތު މިނިސްޓްރީ
ފުޓްސަލް ދަނޑުގެ މަސައްކަތްތައް
ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު
ކަނޑުހުޅުދޫގެ އިތުރުން ކޮނޑޭ ފުޓްސަލް ދަނޑުގެ މަސައްކަތްވެސް ވަނީ ނިންމާލާފައި

ގއ. ކަނޑުހުޅުދޫގައި އަލަށް އެޅި ޓާފް ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހުލޫފް ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ކަނޑުހުޅުދޫ ފުޓްސަލް ދަނޑު އޮތީ ބޮޑު ވަލެއްގެ ގޮތުގައި ކަމަށާއި އެކަމަކު އެރަށު ކުދިބޮޑު ރައްޔިތުން އެދުނު ގޮތަށް، އެރަށުގައި ފުޓްސަލް ކުޅެމުން ގެންދިޔަ ތަން ރީތި ޓާފް ދަނޑަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށުގެ ހުރިހާ ޒުވާނުންނަށް ވަޒީރު ވަނީ މަރުހަބާ ދަންނަވާފައެވެ.

ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހެވެ. މި މަސައްކަތް ކޮށްފައިވަނީ ޑީއެމް ކުންފުނިންނެވެ.

ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލިކަން ވަޒީރު އިއުލާން ކުރެއްވިއިރު، ބުރާސްފަތި ދުވަހު ވަޒީރު ވަނީ ހަމަ އެ އަތޮޅު ކޮނޑޭގައި ޓާފް ފުޓްސަލް ދަނޑު އަޅައި ނިމުނުކުކަން ވެސް އިއުލާން ކުރައްވާފައެވެ. ކޮންޑޭގައި ފުޓްސަލް ދަނޑެއް އަޅާނެކަން ވަޒީރު އިއުލާން ކުރެއްވީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ކޮނޑޭއަށް ވަޑައިގެންނެވި ދަތުރުގައެވެ.

ކޮންޑޭ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރު ކޮނޑޭއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި ކޮނޑޭއިން ފެނިލެއްވީ ތަފާތު މަންޒަރެއް ކަމަށާއި، އެއީ ކުޑަ ދެކުއްޖަކު އަމިއްލައަށް ދޮންވެލިން ދަނޑު ހަދައި ކުޅެމުން އައި މަންޒަރު ކަމަށެވެ. އެކުދިންގެ ހުވަފެނަކީ ރަނގަޅު ފެންވަރެއްގެ ޓާފު ދަނޑެއްގައި ކުޅުމުގެ ހުވަފެން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި މިއަދު އެކުދިން އިތުރަށް ވެލި ދަނޑުގައި ކުޅެން ނުޖެހޭނެ ކަމަށާއި އެރަށުގެ ޓާފް ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރަށްރަށުގައި ދަނޑުތައް އެޅުމުގެ ވައުދުގެ ދަށުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތަކާއި ޓާފް ފުޓްބޯޅަ ދަނޑުތައް އަޅަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް