ނޫމަޑި މައްސަލައިގައި ބަޔާން ނެގުމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
ހުކުރު ދުވަހުގެރޭ 8:15 ގައި މުއިއްޒު ފުލުސް އިދާރާއަށް ހާޒިރުކޮށް، ބަޔާން ނަގާފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައެވެ.
ރާއްޖޭގެ މީޑިއާއަކަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވެފައިވަނީ ފުލުހުން އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ ސަރުކާރަށް "އޮޅޭތީ" އެކަމުގެ ފޯކަސް ބަދަލުކޮށްލަން ވެގެން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ކުރާ ކަންތައްތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށާއި، މި ދުވަސްވަރަކީ ވަރަށް ބޮޑަށް ރައީސް ޔާމީންގެ ސަރުކާރުގައި ފައްޓަވާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ ތެރެއިން އަޅުއްވާފައި ރައްޔިތުންނަށް ފުލެޓް ލިބޭނެކަމުގެ ލިޔުން ހަވާލުކުރެވިފައި ހުރި ފަރާތްތަކަށް އެކި ކަހަލަ ހިތާމަވެރި ހަބަރުތައްދެމުންދަ ދުވަސްވަރެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުން ކުރަމުންދާ ދޯހަޅި ކަންކަމުގެ ވާހަކަ ރައްޔިތުންނަށް ހަގީގަތް ބަޔާންކޮށްދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި، ބަރިބަރިއަށް ޗިޓް ފޮނުއްވައިގެން ޕޮލިހަށް ގެންދިޔަސް މައުލޫމާތު އެނގޭ މިންވަރަކުން ރައްޔިތުންނަށް ސަރުކާރުން ކުރާ ކަންކަމުގެ ވާހަކަތައް ހާމަކުރައްވާނެ ކަމަށެވެ.
ނޫމަޑި މައްސަލައިގައި ފުރަތަމަ މުއިއްޒު ފުލުހަށް ހާޒިރު ކުރީ ފެބްރުއަރީ 22 ވަނަ ދުވަހުއެވެ. މުއިއްޒު، ފުލުހަށް ހާޒިރުވާން އަންގާފައިވާއިރު، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި މުއިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙްޤީޤެއް ހިންގަވައި ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި، އެޓަރނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން އެދިފައިވާތީ، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.