ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް، ގއ. އަތޮޅުން ގދ. އަތޮޅަށް ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މި ދެ އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު، ގުރުގުރާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 14:00ން 18:00 އަށެވެ. ޤައުމީ މޫސުމާއިބެހޭ އިދާރާއިން ބުނިގޮތުގައި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުމަކީ އެކަށީގެންވާ ކަމެކެވެ.
މިރޭ 8:00ށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ދެކުނާއި މަދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން، މެދުތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށް ޤައުމީ މޫސުމާއިބެހޭ އިދާރާއިން ބުންޏެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް ޤައުމީ މޫސުމާއި ބެހޭ އިދާރާއިން ބުންޏެވެ.