Advertisement
ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 20:11
ހިސާން ހުސައިން
ހިސާން ހުސައިން
މޯލްޑިވްސް އަޕްރައިޒިންގް
ގާސިމް ހައްޔަރުކުރުން
ގާސިމް އޮތީ ވަރަށް އާދައިގެ ގޮޅިއެއްގައި: ހިސާން
ގާސިމް އިބްރާހިމްގެ ސިއްހީ ހާލަތު ރަނގަޅު
ގާސިމްގެ ތުހުމަތު ތަކަށް އޭނާ އިންކާރުކުރައްވާ

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބަހައްޓާފައި ހުރީ އާދައިގެ ގޮޅިއެއްގައި ކަމަށް ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

 

ހިސާން ރާއްޖެއެމްވީއަށް ވިދާޅުވީ އެހެން ނަމަވެސް ގާސިމް އިބްރާހިމްގެ ސިއްހީ ހާލަތު ރަނގަޅު ކަމަށެވެ.

 

ގާނޫނާ ހިލާފަށް ސަރުކާރު ބަދަލުކުރަން ހިތްވަރު ދިނުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގާސިމް އިބްރާހިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށްޓަކައި ކޯޓަށް ހާޒިރުމަށް މިހާރު ހަމަޖައްސާފައި ވަނީ ހަވީރު 4:00 އެވެ. 

 

ހިސާން ވިދާޅުވެފައި ވަނީ ގާސިމާ ބައްދަލުކުރެއްވުމަށް ފުރުސަތު ދެއްވާފައި ވަނީ ގާނޫނީ ވަކީލުންގެ ފަސް ބޭފުޅަކަށް ކަމަށެވެ. އެހެން ނަމަވެސް އެއީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

 

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވެފައި ވަނީ ގާސިމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ވޯޓު ނެގުމަށް ކައިރިވެފައިވަނިކޮށް އެމަނިކުފާނު ބޭނުންވާ ވަކިގޮތަކަށް އެވޯޓު އަނބުރާލުމަށްޓަކައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މައްޗަށް ނެގުމަށް އުޅޭ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

 

ގާސިމް ވަނީ އޭނާއަށް ކުރާ ތުހުމަތުތަަކަށް އިންކާރުކުރައްވާ ފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް