ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ ނިޔާވެފައިވަނީ 38 އަހަރުގެ ބަންގުލަދޭޝް މީހެއްކަމަށެވެ. އެޗްޕީއޭއިން ބުނީ މި މީހާ އައިޖިއެމްއެޗަށް ގެންދެވުނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:25 ހާއިރު ކަމަށެވެ. އަދި އެމީހާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ ކްރިޓިކަލް ކެއަރގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 8 ވަނަ މީހާއެވެ. މީގެ ކުރިން ވެސް ބަންގުލަދޭޝްގެ 3 މީހަކު ވަނީ ނިޔާވެފައެވެ. އަދި 4 ދިވެހިން ވަނީ ނިޔާވެފައެވެ.
މިހާތަނަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1883ށް އަރާފައެވެ. ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ 1158 އެވެ. މިހާތަނަށް 716 މީހަކު ވަނީ ބަލިން ރަނގަޅުވެފައެެވެ.