ކ. މާލެ
|
1 ޖޫން 2020 | ހޯމަ 21:09
އިންޓަ މިލާނުގެ ފޯވާޑް އެލެކްސިސް ސަންޗޭޒް: ލޯނު އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އަންނަނީ މަސައްކަތް ކުރަމުން
އިންޓަ މިލާނުގެ ފޯވާޑް އެލެކްސިސް ސަންޗޭޒް: ލޯނު އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އަންނަނީ މަސައްކަތް ކުރަމުން
ގެޓީ އިމޭޖަސް
ސަންޗޭޒް އިންޓަ މިލާނުގައި މަޑުކުރުން
ސަންޗޭޒްގެ ލޯނު އެއްބަސްވުމުގެ މުއްދަތު އިންޓަ އިން އިތުރު ކުރަނީ
ސަންޗޭޒްގެ ލޯނު އެއްބައްވުން ޖޫން މަހުގެ ނިޔަލަށް ހަމަވާނެ
ސީޒަން ނިމެންދެން ސަންޗޭޒްގެ ލޯނު އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އަންނަނީ މަސައްކަތް ކުރަމުން

ޗިލީގެ ފޯވަރޑް އެލެކްސިސް ސަންޗޭޒްގެ ލޯނު އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން އިންޓަ މިލާނުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ސަންޗޭޒް އިންޓަ އަށް ބަދަލުވީ ޖޫން މަހުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެކަމަކު ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ސީޒަން ދިގުލައިގެން ދާނެތީ ކްލަބުތަކަށް ވަނީ ކުޅުންތެރިންގެ ލޯނު އެއްބަސްވުންތަކުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ދީފައެވެ.

އިންޓަގެ ސްޕޯޓިންގ ޑިރެކްޓަރު ޕިއޭރޯ އައުސީލިއޯ ބުނީ މި ސީޒަނުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މުހިންމު ކަމަށެވެ. އެހެންކަމުން ސަންޗޭޒް ވެސް މި ސީޒަން ނިމެންދެން ޓީމުގައި ބަހައްޓަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޭޒް އިންޓަ އަށް ކުޅެމުން އަންނައިރު، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އަހަރަކު 14 މިލިއަން ޕައުންޑު މުސާރައިގެ ގޮތުގައި ލިބޭ ގޮތަށެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް ވަނީ އެ ކްލަބާ އެކު ވެސް ގިނަ ކާމިޔާބީތައް ހޯދާފަ އެވެ. އާސެނަލްގައި ވެސް ސަންޗޭޒް މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ޔުނައިޓެޑްގައި އޭނާ އަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި ސީޒަނުގައި އިންޓަ އަށް ސަންޗޭޒް 15 މެޗު ކުޅެދީފައި ވާއިރު، އޭނާ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް