Advertisement
ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 03:07
ރާއްޖެއެމްވީ
އެމްޑީޕީން ބަޔާން
ބްރޮޑްކާސްޓިން ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭތީ، މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން ވަނީ ނޫސްވެރިންނާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަށް ހުއްޓިފައިވާކަން ފާހަގަކޮށްފަ

ރާއްޖެޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަކީ އިންސާފުވެރި އުސޫލުތަކާ ހިލާފަށް ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކަމަށާއި ކޮމިޝަނުގެ ޒިންމާ އަދާ ނުކުރެވޭނަމަ މަގާމުން އިސްތިއުފާ ދިނުމަށް  މޯލްޑިވްސް  ޑިމޮކްރެޓިކް ޕާޓީން ގޮވާލައިފި އެވެ.

އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖެޓީވީ މީގެ ކުރިންވެސް ޖޫރިމަނާކޮށް އެ ފައިސާ ދެއްކި ދުވަހު ބްރޯޑްކާސްޓިން ކޮމިޝަނުގެ އިސްނެގުމުގެ މަތިން ބެލި މައްސަލައެއްގެ މައްޗަށް ބިނާކޮށް އަނެއްކާ އެއަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް ގެއްލުންވާ ކޮންޓެންޓް ގެނެސްދިން ކަމަށްބުނެ، މިނިވަން އިންސާފުވެރި މީޑިޔާގެ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ބްރޮޑްކާސްޓިން ކޮމިޝަނުން މީޑިޔާގެ ޚިދުމަތް ދޭ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަކީ މީޑިޔާގެ މިނިވަންކަމަށް ކަނޑައެޅިގެން އަރައިގަތުން ކަމަށް އެމްޑީޕީން ބުނެ އެވެ.

މީގެ އިތުރުން، ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި، ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ އެއްވެސް ގޮތަކަށް ކުރިއަށް ނުދާ މައްސަލައާ ގުޅިގެން އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާއަކީ ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޒިންމާދާރުކަމާއި ހަމަހަމަކަމާއެކު ދެމެހެއްޓުން ކަމުގައިވީނަމަވެސް،  އެ ކޮމިޝަންގެ އަމަލުތަކުން ފެންނަނީ ގާނޫނު އަސާސީއާއި ގާނޫނު ތަކުގެ ހަމަތަކާ އުސޫލުތަކާ ހިލާފަށް ކަމަށް އެމްޑީޕީން ބުނެ އެވެ.
ސިޔާސީ މަސްރަހު ހޫނުވެގެން އަންނަ ކޮންމެ ހިނދަކު ބްރޯޑްކާސްޓިން ކޮމިޝަނުން އެކިޒާތުގެ ބަޔާންތައް ނެރުމާއި، ބިރު ދެއްކުމާއި، މިފަދަ ޖޫރިމަނާތައް ކުރަމުންދާކަމީ އެ ކޮމިޝަނުގެ މުސްތަގިއްލުކަން ގެއްލިފައިވާ ކަމުގެ ހެއްކެއް ކަމަށް އެމްޑީޕީން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
7 އޭޕްރިލް 2017 | ހުކުރު 04:50
ހައްޤުބަސް
މީގެ ކުރިން ރައީސް ނަޝީދާ ރައީސް މައުމޫނުގެ އަބުރަށް ޓީވީއެމްއިން އަރައިގަތް މައްސަލަ ނުބެލީ އެ ދެ ބޭފުޅުން އެ މައްސަލަ ހުށަހަޅައިފަ ނުވާތީއޭ ކިޔާފަ އެ މައްސަލަ ނިންމީ.. މިފަހަރު ރައީސް ޔާމީނު މައްސަލަ ހުށަހެޅީމަތޯ ތި ބެލީ؟ މަޤާމުގެ ބޭނުމުގަ ތިތަން އުވާލާ މީޑިއާ ކޮމިޝަން އުފެއްދުމުގެ ބިލު ވައްދާފަ އޮތީމަ އަލުން އަނބުރާ ގޮނޑިއަށް އަންނަން ޖައްސާހާ ވައްތަރު... 42 ހާސް އީޒީ މަނީ ލިބޭނެތާ މަސައްކަތެއްނެތި ފިނި ގޮނޑީގަ ތިބެގެން