Advertisement
ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 00:13
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު
މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު
މުހައްމަދު ޝަރުހާން
ބްރޯޑްކާސްޓިން ކޮމިޝަން
އަބުރުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލަން: އަމީތު
މީޑިއާގެ މިނިވަންކަން ނައްތާލުމަށް ހިންގާ ޖަރީމާތައް ހުއްޓާލަން ޖެހޭ
އެއް މިލިއަންގެ ޖޫރިމަނާ ކުރީ، ދެ ލައްކަ ރުފިޔާގެ ޖޫރިމަނާ ދެއްކި ދުވަހު
ޒިންމާ ހަވާލުކުރީ ނޫސްވެރިންނާއި މީޑިއާތަކަށް ބިރުދައްކާކަށެއް ނޫން

އަބުރު ރައްކާތެރި ކުރުމާއި ހިޔާލްފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ބޭނުން ކޮށްގެން މަސައްކަތް ކުރަނީ މީޑިއާގެ މިނިވަންކަން ނެތިކޮށްލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު މަނިކް ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅާ ބެހުނު ކަމަށް ބުނެ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އެއްމިލިޔަން ރުފިޔާ އިން ޖޫރިމާ ކުރުމަނާ ކުރުމާ ގުޅިގެން އަމީތު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މީޑިއާގެ މިނިވަންކަން ނައްތާލުމަށް އަބުރުގެ ގާނޫނު ބޭނުންކޮށްގެން ހިންގާ ޖަރީމާތައް ހުއްޓާލުމަށް ގޮވާލައްވާ ކަމަށެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުރާސްފަތި ދުވަހު ރާއްޖެޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހު ބޭއްވި އިދިކޮޅު އިއްތިހާދުގެ ހަރުގެ ޖަލްސާގައި، ރައީސް ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފައިވާ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ، އެ ކޮމިޝަނުގެ މެންބަރަކު އަމިއްލައަށް ހުށަހެޅި މައްސަލައެއް، އަމިއްލައަށް ބަލައި ނިންމުމަށްފަހު އެވެ.

ރާއްޖެޓީވީ ޖޫރިމަނާކޮށްފައިމިވަނީ އޮކްޓޯބަރު 26، 2016 ވަނަ ދުވަހުގެ ރޭ ހަރުގެ ޖަލްސާ ލައިވްކުރަމުން ދިޔައިރު، ވާހަކަ ދެއްކެވި ބޭފުޅަކު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަ ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ހިމަނާފައިވެ އެވެ.

މިފަދަ ގޮތަކަށް އަމީތު ޓުވިޓް ކުރައްވާފައިވާއިރު މީގެކުރިން ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާތަކަށް އިންޒާރުދީ ނެރުނު ބަޔާނަކާ ގުޅިގެން ވެސް އަމީތު ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން އަމީތު ވިދާޅުވެފައި ވަނީ މީޑިއާތައް ޒިންމާދާރު ކުރުމުގެ މަސްއޫލިއްޔަތު ބްރޯޑްކާސްޓިން ކޮމިޝަނާއި ހަވާލު ކުރީ މީޑިއާތަކަށާއި ނޫސްވެރިންނަށް އިންޒާރުދީ ބިރުދައްކައިގެން އެކަން ކުރާ ގޮތަކަށް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް