Advertisement
ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 22:25
އެމްއެމްއޭ އިދާރާ
އެމްއެމްއޭ އިދާރާ
ގޫގުލް
ރާއްޖޭގެ ދަރަނި
އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަންޖެހޭ ދެ ބިލިއަން ރުފިޔާ ދެއްކުމަށް ރާއްޖެ އަށް އިތުރު ތިން މަސް ދީފި
ރިޒާވް ބޭންކުން ނަގާފައިވަނީ 100 މިލިއަން ޑޮލަރު
އިންޓްރެސްޓާ އެކު ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ދައްކަން ޖެހޭ
ރާއްޖޭގެ މިއަހަރުގެ ކަރެންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ

ރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށް އިންޑިޔާގެ ރިޒާވް ބޭންކުން  ނަގާފައިވާ 100 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ސަރުކާރުން ތިން މަސް ދުވަސް އިތުރުކޮށްފި އެވެ.

މިިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދިވެހިރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށްޓަކައި ރިޒާވް ބޭންކް އޮފް އިންޑިޔާ އިން 100 މިލިއަން ޑޮލަރު ނެގީ އެއަށްވާ ދިވެހި ފައިސާ އެ ބޭންކްގައި ބެހެއްޓުމަށް ފަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފައި ވެއެވެ.

އެމްއެމްއޭ އިން ބުނީ ރިޒާވް ބޭންކް އޮފް އިންޑިޔާ އިން 100 މިލިއަން ޑޮލަރު ރާއްޖޭގެ ސަރުކާރަށް ދީފައި ވަނީ ސްވެޕް އެރޭންޖްމެންޓެއްގެ ދަށުން ކަމަށެވެ. ސްވެޕް އެރޭންޖްމެންޓަކީ އެގައުމެއްގެ އަމިއްލަ ފައިސާ އާއި ޑޮލަރު ނުވަތަ އެނޫން ވެސް އެހެން ފައިސާއަކާ ބަދަލު ކުރުމުގެ މުއާމަލާތަށް ކިޔާ ނަމެކެވެ.

މިއީ ސާކްގެ ހުރިހާ ގައުމަކަށް ރިޒާވް ބޭންކް އޮފް އިންޑިޔާ އިން ހަމަޖައްސާފައިވާ ކުރު މުއްދަތުގެ ފައިސާގެ މުއާމަލާތެކެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެމްއޭ މީގެ ކުރިން ބުނެފައިވަނީ 100 މިލިއަން ޑޮލަރު އެމްއެމްއޭ އިން އިންޑިޔާގެ ރިޒާވުން ނަގާފައިވަނީ ސާކް ގައުމުތަކަށް އޮންނަ ޚާއްސަ އިނާޔަތެއްގެ ދަށުން ކަމަށެވެ. އަދި މިއީ މި އިނާޔަތުގެ ބޭނުން ރާއްޖެ އިން ހިފި ފުރަތަމަ ފަހަރު ކަަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

އެފައިސާ ނަގާފައި ވަނީ ދިވެހި ރާއްޖޭގެ ރިޒާވް ހަމަޖެއްސުމަށް ކަމަށާއި މިއީ ތިން މަސް ފަހުން އަނބުރާ ދައްކަން ޖެހޭ ގޮތަށް ނެގި އަދަދެކެވެ. އެހެން ކަމުން އޭޕްރީލް މަހަކީ އެ ފައިސާ ދަންކަން ޖެހޭ މަހެވެ. އެހެން ނަމަވެސް އެފައިދާ ދެއްކުމަށް އޮތް މުއްދަތު އެމްއެމްއޭ އިން ވަނީ އިތުރު ތިން މަސް ދުވަހަށް އިތުރުކޮށްފަ އެވެ. އެހެންކަމުން ފައިސާ އަނބުރާ ދައްކަން ޖެހެނީ ޖެލައި މަހު އެވެ.

އިންޑިޔާގެ ރިޒާވް ބޭންކުން 100 މިލިއަން ޑޮލަރު ނަގާފައިވާ އިރު މިއީ ދިވެހި ރުފިޔާ އިން ނަމަ، 1.5 ބިލިއަން ރުފިޔާ އެވެ. މި ފައިސާ ނަގާފައި ވަނީ ތިން މަހުގެ ތެރޭގައި ތިން ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައެވެ. އެހެންކަމުން ދިވެހި ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ އިތުރަށް 46 މިލިއަން ރުފިޔާ އިންޑިޔާގެ ރިޒާވް ބޭންކަށް ދައްކަން ޖެހެއެވެ. އެމްއެމްއޭ އިން ބުނީ މި ފައިސާ ސަރުކާރުން އަނބުރާ ދައްކަން ކަނޑައަޅާފައި ވަނީ ބުލެޓް ޕޭމެންޓް ނުވަތަ ހުރިހާ ފައިސާއެއް އެއްފަހަރާ ދައްކާ ގޮތަށް ކަމަށެވެ. އެހެން ކަމަށްވާ ނަމަ މި ފައިސާ އަނބުރާ ދައްކާއިރު 2 ބިލިއަންނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެ އެެވެ.

އެމްއެމްއޭ އިން އެންމެ ފަހުން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު ޑިސެންބަރު މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ 200 މިލިއަން ޑޮލަރަށް އަރާފަ އެވެ.

ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދެއްކުމަށް އިތުރު ދަރަނި ނަގަން ޖެހޭ ހާލަތަށް ވެއްޓިފައިވާ އިރު 2017 ވަނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 892.1 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިދިއަ އަހަރުގައި މިއަދަދު އުޅެނީ 666.7 މިލިއަން ޑޮލަރުގަ އެވެ.

މީގެ އިތުރުން ވެސް ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުތަކަށާއި ސަރުކާރުގެ ޚަރަދުތައް މެނޭޖް ކުރުމަށްޓަކާ 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑް ވިއްކުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 އޭޕްރިލް 2017 | ބުރާސްފަތި 22:58
muna
mi faisa dhakkan yaamynuge goacha mudha vikkan rayyithun nukunna dhuvas gaai vamun ba aadhey