Advertisement
ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 21:39
ރައުދާ އާތިފް
ރައުދާ އާތިފް
އިންސްޓަގްރާމް
ރައުދާގެ މަރު
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
ފުލުހުންގެ ސީނިއަ ދެ އޮފިސަރަކު ވަނީ ބަންގުލަދޭޝްގައި
ރައުދާ އާތިފް މަރުވެފައި އޮތް ވީޑިއޯއެއް ބަންގްލަދޭޝްގެ ޓީވީން ވަނީ އާންމުކޮށްފައި

ބަންގްލަދޭޝްގައި މެޑިސިން ކިޔަވަމުން ދަނިކޮށް މަރުވެފައިވާ ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ރައުދާގެ މަރާ ގުޅިގެން ދިވެހި ފުލުހުން ކުރަމުންދާ ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދިވެހި ފުލުހުން ރައުދާގެ މޯބައިލް ފޯން އަންލޮކްކޮށް ތަހުގީގަށް ބޭނުންވާ ވަރަށް މުހިންމު މައުލޫމާތުތަކެއް ހޯދާފައިވާ ކަމަށެވެ.

ރައުދާގެ ފޯން އަންލޮކް ކޮށްގެން މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނި ނަމަވެސް އެއީ ކޮން މައުލޫމާތުތަކެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ރައުދާގެ މަރާ ގުޅިގެން ދިވެހި ފުލުހުންގެ ސީނިއަ ދެ އޮފިސަރަކު ވެސް ވަނީ ބަންގުލަދޭޝް އަށް ގޮސްފައެވެ.

މިދިޔަ މާޗް މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފް މަރުވެފައި އޮތް ވީޑިއޯއެއް ބަންގްލަދޭޝްގެ "71 ބަންގްލަ ޓީވީ" އިން ވަނީ އާންމު ކޮށްފައެވެ.

މި ވީޑިއޯ ބަންގްލަދޭޝްގެ ފުލުހުން އާންމުކޮށްފައި ވަނީ ރައުދާގެ މަރުގެ މައްސަލާގައި އެތަކެއް ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައެވެ. އޮޓޮޕްސީ ރިޕޯޓާ ހަވާލާދީ ބަންގްލަދޭޝްގެ ފުލުހުން ބުނެފައި ވަނީ ރައުދާ މަރުވެފައި ވަނީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް ރައުދާ މަރާލީ ކަމަށް އާއިލާ އިން ޝައްކުކޮށް އެ މައްސަލަ ބަލައިދިނުމަށް ވަނީ އެދިފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް