Advertisement
ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 18:58
ޕާކްކޮށްފައިހުރި ސައިކަލްތަކެއް
ޕާކްކޮށްފައިހުރި ސައިކަލްތަކެއް
ރާއްޖެ އެމްވީ
ވެހިކަލް ޑޮމައިން
ސައިކަލާއި ކާރުގައި ނަމްބަރުގެ ބަދަލުގައި ނަން ޖަހައިގެން ދުއްވޭގޮތަށް ޑޮމައިން ވިއްކަން ނިންމައިފި
އެއީ ނަމްބަރު ޕްލޭޓްގެ ބަދަލުގައި ބޭނުންކުރާ ނަން ޕްލޭޓެއް
ފަސް ޑިޖިޓަށްވުރެ އިތުރު ނުވާގޮތަށް ޑޮމައިންގެ ގޮތުގައި ނަން ރެޖިސްޓްރީ ކޮށްދެވޭނެ
ސައިކަލް ޑޮމައިން 80،000ރ އަށް، ކާރު ޑޮމައިން 100،000ރ އަށް

އެއްގަމުގައި ދުއްވާ އުޅަނދުގެ ރެޖިސްޓްރީ ނަމްބަރުގެ ބަދަލުގައި ޑޮމައިންގެ ގޮތުގައި ނަން ބޭނުންކުރެވޭ ގޮތަށް ނިންމައިފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެއްގަމު އުޅަނދުގައި ޑޮމައިން ބޭނުންކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހެއްގައި ބުނެފައިވަނީ ސައިކަލަށް ވިއްކާ ނަމްބަރު ނުވަތަ ނަން ވިއްކާނީ 80،000ރ އަށް ކަމަށެވެ. އަދި ކާރަށް ވީއްކާ ނަމްބަރު ނުވަތަ ނަން ވިއްކާނީ 100،000ރ އަށް ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކު ބުރާސްފަތި ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ސައިކަލާއި ކާރަށް ޑޮމެއިން ނަމްބަރު ވިއްކަމުންދާ ކަމަށެވެ. އަދި ނަން ވިއްކަން ނުފަށާ ކަމަށެވެ. 

އޭނާ ވިދާޅުވީ ޑޮމައިން ނަން ވިއްކަން ފަށާނީ ވަކި އުސޫލެއް ކަނޑައަޅާ އެ އުސޫލްގެ ދަށުން ކަމަށެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށްވެސް އޭނާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ޑޮމެއިންގެ ގޮތުގައި ހަތަރު ނަމްބަރުގެ އަދަދުތަކާއި ތިން ނަމްބަރުގެ އަދަދުތައް ވިއްކަމަށް ނިންމާ އެކަމަށް އެދޭ ފަރާތްތަކުގެ ފޯމްތައް ބަލައިގަންނަމުންދާ ކަމަށެވެ. އަދި ނަން ވިއްކާއި އަމަލު ކުރަމުންދާނީ ފަސް އަކުރަށްވުރެ އިތުރުނުވާ ގޮތަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ޑޮމައިންގެ ގޮތުގައި ނަން ވިއްކުމަށް ނިންމާފައިވާއިރު މިއީ ދުނިޔޭގެ އެހެން ގައުމުތަކުގައި އެހާ އާއްމުކޮށް ބޭނުންކުރާ ކަމެއް ނޫންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް