ކ. މާލެ
|
24 މެއި 2020 | އާދީއްތަ 21:07
އޮކްސްފޯރޑް ޔުނިވަރސިޓީގެ ޖެއްނަރ އިންސްޓިޓިޔުޓްގެ ޑިރެކްޓަރ ޕްރޮފެސަރ އެޑްރިއަން ހިލް 2015 ގައި އިންޓަރވިއު ދެއްވަނީ
އޮކްސްފޯރޑް ޔުނިވަރސިޓީގެ ޖެއްނަރ އިންސްޓިޓިޔުޓްގެ ޑިރެކްޓަރ ޕްރޮފެސަރ އެޑްރިއަން ހިލް 2015 ގައި އިންޓަރވިއު ދެއްވަނީ
ރޮއިޓަރސް
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުން
އޮކްސްފޯޑުން ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމަށް ކުރާ ޓްރެއަލް ޓެސްޓުގެ %50 ކާމިޔާބުވާނެ ކަމަށް ބެލެވޭ
ކުރިޔަށް އޮތް ޓްރެއަލްގައި 10،000 ވޮލަންޓިއަރުން ބައިވެރިވާނެ
ކުރިޔަށް އޮތް ޓްރެއަލްގައި އެއްވެސް ނަތީޖާ އެއް ނުފެނި ދިޔުމަކީ އެކަށީގެންވާ ކަމެއް

އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރު ފަށާފައިވާ ޓްރެއަލް ޓެސްޓުގެ ކާމިޔާބުވާނީ 50 އިންސައްތަ ކަމަށް އެކަމުގައި އިސްކޮށް އުޅުއްވާ ޕްރެފެސަރ އެޑްރިއަން ހިލް ވިދާޅުވެއްޖެ އެވެ.

ޓެލެގްރާފް ނިއުސްޕޭޕަރ އަށް ދެއްވި އިންޓަރވިއު އެއްގައި މިކަމުގައި އިސްކޮށް އުޅުއްވާ އޮކްސްފޯރޑް ޔުނިވަރސިޓީގެ ޖެއްނަރ އިންސްޓިޓިޔުޓްގެ ޑިރެކްޓަރ ޕްރޮފެސަރ އެޑްރިއަން ހިލް ވިދާޅުވެފައިވަނީ ވައިރަސް ކުރިޔަށް އޮތް ޓްރެއަލްގައި 10،000 ވޮލަންޓިއަރުން ބައިވެރިވާނެ ކަމަށެވެ. ނަމަވެސް އެއްވެސް ނަތީޖާ އެއް ނުފެނި ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ މިހާރު މުޖުތަމައު ތެރޭގައި ވައިރަސް ފެތުރޭ މިންވަރު ދަށަށް ގޮސްފައިވާތީ ކަމަށް އެޑްރިއަން ވިދާޅުވި އެވެ.

މިއީ ވައިރަސް ނެތިގެން ދިޔުމާއި ވަގުތާ ދެމެދު ކުރިޔަށްދާ ރޭހެއް. މިހާރު ކުރިޔަށްދާ ޓްރެއިލް ތަކަށް ބަލާއިރުވެސް 50 އިންސައްތަ ޗާންސް އެބައޮތް އެއްވެސް ނަތީޖާ އެއް ނުފެނުމުގައި.
ޖެއްނަރ އިންސްޓިޓިޔުޓްގެ ޑިރެކްޓަރ ޕްރޮފެސަރ އެޑްރިއަން ހިލް

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަކީ މިހާރު އެންމެ ހަލުވިމިނުގައި ފާމަސޫޓިކަލް ކުންފުނިތަކުން ކުރަމުންދާ މަސައްކަތެވެ. މިކަން ކުރުމުގައި އެކި ގައުމުތަކުގެ އެކި ޓީމުތައް ހަރަކާތްތެރިވާއިރު އޮކްސްފޯޑް ޔުނިވަރސިޓީން ކުރިޔަށް ގެންދާ ޕްރޮޖެކްޓަކީ އެސްޓްރާޒެނިކާ އާއެކު ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

އެޑްރިއަންގެ ޓީމުން އިންސާނުންގެ ގަޔަށް ވެކްސިން ޖަހައިގެން ޓެސްޓް ކުރަން ފަށާފައިވަނީ އޭޕްރީލް މަހު އެވެ. އަދި މިވެކްސިންގެ ގިނަ އަދަދެއްގެ ޑޯޒް އުފެއްދުމަށްވެސް އެމީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިއަހަރު ނިމޭއިރު ސަތޭކަ މިލިއަނެއްހާ ޑޯޒް ތައްޔާރު ކުރެވޭނެ ކަމަށް އެޑްރިއަން ގެ ޓީމުން މީގެކުރިން ވަނީ ބުނެފަ އެވެ. އަދި މިޓީމުގެ މަސައްކަތް ހަލުވި ކުރުމަށް އެމެރިކާއިން ވެސް ވަނީ އިތުރަށް ޑޮލަރު އިންވެސްޓްކޮށްފަ އެވެ.

- ކޮމެންޓް