ކ. މާލެ
|
24 މެއި 2020 | އާދީއްތަ 08:59
ޗައިނާގައި މީހުން މާސްކު އަޅައިގެން ހަރަކާތްތެރިވަނީ
ޗައިނާގައި މީހުން މާސްކު އަޅައިގެން ހަރަކާތްތެރިވަނީ
-
ކޮވިޑް-19 ޗައިނާގެ ހާލަތު
ކޭސް އެއް ނުފެނި އެއް ދުވަސް ވުމަށްފަހު ޗައިނާއިން އިއްޔެ ތިން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ
އަލާމާތްތައް ނުފެނި ވައިރަސް އަށް 36 މީހަކު ވަނީ ޕޮޒިޓިވްވެފައި
ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޗައިނާއަށް އެތެރެވި ދެ މީހުން
ޗައިނާގައި މިހާތަނަށް އައިއިރު ކޮވިޑް-19 އަށް 82،974 މީހުން ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފަ

ޗައިނާގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ނުވެ އެއް ދުވަސް ވުމަށްފަހު އިއްޔެ ތިން މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

ޗައިނާގައި ވައިރަސް ފެތުރެން ފެށުނީއްސުރެ މީހަކު ވައިރަސް އަށް ޕޮޒިޓިވް ނުވެ ރިކޯޑް ކޮށްފައި ވަނީ މެއި މަހުގެ 22 ވަނަ ދުވަހު އެވެ. އެހެންނަމަވެސް އޭގެ އެއް ދުވަސް ފަހުން މެއި މަހުގެ 23 ވަނަ ދުވަހު ވަނީ ވައިރަސްއަށް ތިން މީހުން ޕޮޒިޓިވްވެފަ އެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޗައިނާއަށް އެތެރެވި ދެ މީހުންނެވެ. ދެން ހުރި މީހާއަކީ ޗައިނާގެ ތެރެއިން ވައިރަސް އަށް ޕޮޒިޓިވްވި މީހެއްކަ މަށެެވެ.

އަލާމާތްތައް ނުފެނި ވައިރަސް އަށް ޕޮޒިޓިވްވެފައިވާ 36 މީހުން މެއި މަހުގެ 23 ވަނަ ދުވަހު ވަނީ ފެނިފަ އެވެ. އޭގެކުރީ ދުވަހު އަލާމާތްތައް ނުފެނި 28 މީހަކު ވައިރަސް އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.

ޗައިނާގައި މިހާތަނަށް އައިއިރު ކޮވިޑް-19 އަށް 82،974 މީހުން ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފަ އެވެ. މަރުވި މީހުންގެ އަދަދަކީ 4634 އެކެވެ.

- ކޮމެންޓް