ކ. މާލެ
|
24 މެއި 2020 | އާދީއްތަ 05:28
ކާރފިއު އަމަރު ތަންފީޒުކުރުމަށް ސަލާމަތީ ބާރުތަކުން ލަންކާގެ މަގުތަކުގައި ހަރަކާތްތެރި ވަނީ
ކާރފިއު އަމަރު ތަންފީޒުކުރުމަށް ސަލާމަތީ ބާރުތަކުން ލަންކާގެ މަގުތަކުގައި ހަރަކާތްތެރި ވަނީ
ކޮވިޑް-19: ސްރީލަންކާގެ ހާލަތު
ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު 1000ށް ވުރެން މައްޗަށް!
ބަލި ފެތުރުން ބޮޑު ތަނުން ވަނީ ކޮންޓްރޯލް ކޮށްފައި
ކޮވިޑް-19 ޖެހިގެން ޖުމްލަ 1089 މީހަކު ވަނީ ރިޕޯޓުކޮށްފައި
ކާފިއުގެ ޢަމުރާއި ޚިލާފު ވެގެން މިހާނަތަށް 61،000ށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރި މީހުންގެ އަދަދު 1000ށް ވުރެން މައްޗަށް އަރައިފި އެވެ.

އެ ގައުމުގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ ބައިނަލްއަގްވާާމީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، އެގައުމުގައި ކޮވިޑް-19 ޖެހިގެން ރިޕޯޓު ކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 1089ށް އަރާފަ އެވެ. އެ ގައުމުން ޖުމްލަ 660 މީހުން ބަލިން ފަސޭހަވެފައިވާއިރު އެކްޓިވް ކޭސް ނުވަތަ މި ވަގުތު ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 429 އެވެ. މިހާތަނަށް ކޮވިޑް-19 ޖެހިގެން ސްރީލަންކާއިން މަރުވެފައިވަނީ ޖުމްލަ 9 މީހުންނެވެ.

ސްރީލަންކާގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ޑރ. އަނިލް ޖަޔަސިންހަ ވަނީ ކޮވިޑް-19 އިގެ %90 ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ދޫދޭން އަދި މާ އަވަސް ކަމަށް މީގެކުރިން ވިދާޅުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސްރީލަންކާގައި އަޅާފައިވާ ފިޔަވަޅުތަކަށް ދޫދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، ލަންކާ މިހާރު މިސްރާބު ޖަހާފައިވަނީ ގައުމު އެއްކޮށް ހުޅުވާލަންށެވެ. ނަމަވެސް އަޅާފައިވާ ފިޔަވަޅުތަކަށް އެއްކޮށް ދޫދޭނެ ތާރީހެއް މިހާތަނަށް އިއުލާން ކޮށްފައެއް ނުވެއެވެ.

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ސްރީލަންކާ ސަރުކާރުން އިޢުލާނުކުރި ކާފިއުގެ ޢަމުރާއި ޚިލާފު ވެގެން މިހާނަތަށް 61،000ށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

- ކޮމެންޓް