ކ. މާލެ
|
22 މެއި 2020 | ހުކުރު 21:57
ޤަތަރުގައި ކޮވިޑް-19ގެ ޙާލު ބޮޑު ބަލި މީހަކު އެޕި-ޝަޓްލްއެއްގަ އުފުލަނީ
ޤަތަރުގައި ކޮވިޑް-19ގެ ޙާލު ބޮޑު ބަލި މީހަކު އެޕި-ޝަޓްލްއެއްގަ އުފުލަނީ
އަލް-އަހެދް ނިއުސް
ކޮވިޑް-19: ޤަތަރުގެ ޙާލަތު
ޤަަތަރުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 40،000ށް އަރައިފި
ޤަތަރުން މިއަދު 1،830 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 2 މީހުން މަރުވި
ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 40،481ށް އަރާފަ
7,893 މީހުން ވަނީ ފަރުވާ ދީގެން ރަނގަޅުވެފަ

ޤަތަރުގައި ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހުނު މީހުންގެ އަދަދު 40،000ށް ވުރެ މައްޗަށް އަރައިފި އެވެ.

ޤަތަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ރަސްމީ ޓްވިޓަރ އެކައުންޓުގައި ހުކުރު ދުވަހުގެ ހަވީރު ޢާންމު ކުރި ކޮވިޑް-19 އާއިގުޅޭ އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހުކުރު ދުވަހު އެކަނިވެސް އެޤައުމުން 1،830 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 2 މީހުން މަރުވި އެވެ. މިއާއެކު، ވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 40،481ށް އަރާފަ އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 19ށް އަރާފަ އެވެ.

ޤަތަރުގައި މިހާރުވެސް 32,569 ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 175 މީހުންގެ ޙާލު ވަރަށް ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ. 7,893 މީހުން ވަނީ ފަރުވާ ދީގެން ރަނގަޅު ވެފައެވެ.

- ކޮމެންޓް