ކ. މާލެ
|
22 މެއި 2020 | ހުކުރު 15:46
ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިންގެ ފްލައިޓް ވެއްޓުނުކަމަށް ބުނާ ސަރަޙައްދު
ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިންގެ ފްލައިޓް ވެއްޓުނުކަމަށް ބުނާ ސަރަޙައްދު
އަލްއަރަބިއްޔާ
ޕާކިސްތާން އިންޓަރނޭޝަނަލް އެއާލައިން
ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންގެ ފްލައިޓެއް ވެއްޓިއްޖެ
ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ
ފްލައިޓް ވެއްޓުނުއިރު، ފްލައިޓުގައި 107 ފަސިންޖަރުން ތިބި
ފްލައިޓް ވެއްޓުނު ސަރަޙައްދަކީ ޖިއްނާ އިންޓަރނޭޝަނަލް އެއާޕޯޓްވެސް ހުންނަ ސަރަޙައްދު

ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިންގެ ފްލައިޓެއް ވެއްޓިއްޖެ އެވެ.

އެކަމާ ގުޅޭގޮތުން "އަލް އަރަބިއާ ނިއުސް"ގައި ރިޕޯޓު ކޮށްފައިވާ ގޮތުން މި ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އެގޮތުން ފްލައިޓް ވެއްޓިފައި ވަނީ ކަރާޗީގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށް ކަމަށާއި، ވެއްޓިފައި ވަނީ ޕާކިސްތާން އިންޓަރނޭޝަނަލް އެއަރލައިން (ޕީއައިއޭ)ގެ ފްލައިޓެއް ކަމަށް އެ ޤައުމުގެ ނޫސްތަކާ ޙަވާލާދީ އަލް އަރަބިއާ ނިއުސްގައި ރިޕޯޓު ކޮށްފައި ވެއެވެ.

ޕީއައިއޭގެ ތަރުޖަމާނާ ޙަވާލާދީ ޑެއިލީ ސްޓަރގައި ރިޕޯޓު ކޮށްފައިވާ ގޮތުން ފްލައިޓް ވެއްޓުނު އިރު، ފްލައިޓުގައި 107 ފަސިންޖަރުން ތިއްބެވެ.

ޖީއީއޯ ނިއުސްގައި ރިޕޯޓު ކޮށްފައިވާ ގޮތުން ފްލައިޓް ވެއްޓުނު ސަރަޙައްދަކީ ޖިއްނާ އިންޓަރނޭޝަނަލް އެއަރޕޯޓު ވެސް އޮންނަ ސަރަޙައްދެވެ. އެގޮތުން އެ ސަރަޙައްދުގެ ބައެއް ގެތަކަށް ވެސް ގެއްލުންވެފައި ވާއިރު، ޕާކިސްތާނުގެ ސިފައިންނާއި، ފުލުހުން އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ހަދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް