Advertisement
ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 04:28
އެމްޑީޕީގެ ކެމްޕޭން ޓީމް ގއ. އަތޮޅަށް ފުރަނީ
އެމްޑީޕީގެ ކެމްޕޭން ޓީމް ގއ. އަތޮޅަށް ފުރަނީ
ރާއްޖެއެމްވީ
ކައުންސިލް އިންތިހާބު
އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅަށް ފުރައިފި
އެމްޑީޕީގެ ކެމްޕޭން ތީމް، ގއ. އަތޮޅަށް ފުރާފައިވަނީ ބުދަ ދުވަހުގެ ރޭ
ކެމްޕޭން ޓީމްގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ އެ އަތޮޅަށް ފުރާވަޑައިގެންފަ
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު

އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެމްޕޭން ޓީމް، ގއ. އަތޮޅުގެ ކެމްޕޭން ފެށުމަށްޓަކައި އެ އަތޮޅަށް ފުރައިފި އެވެ.

 

އެމްޑީޕީގެ ކެމްޕޭން ތީމް، ގއ. އަތޮޅަށް ފުރާފައިވަނީ ބުދަ ދުވަހުގެ ރޭގަ އެވެ. ކެމްޕޭން ޓީމްގައި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

 

އެގޮތުން ކެމްޕޭން ޓީމުގައި، އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެމްބަުރ އިބްރާހިމް އަމީރާއި، ކުރީގެ މިިނިސްޓަރު އައިމިނަތު ޖަމީލްވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

 

ކޮންމެ ހަފްތާއަކުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތްތައް ކުރިއަށްގެންދާއިރު، އެކި ސަރަހައްދުތަކުގައި ކޮންެމެ ހަފްތާއަކުވެސް ޖަލްސާތައް ބާއްވައެވެ. އެމްޑީޕީގެ ކެމްޕޭން ޓީމް ގއ. ފެށި ދަތުރުގައި ކެމްޕޭން ލީޑަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެއިތުރުން، ދޮރުން ދޮރަށް ހިނގާ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ވަނީ ހަމަޖެހިފަ އެވެ.

 

ކައުންސިލް އިންތިހާބު އެކި ފަހަރު މަތިން ފަސްކުރުމަށްފަހު މިހާރު ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެިފައިވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް