ކ. މާލެ
|
22 މެއި 2020 | ހުކުރު 11:21
ޗައިނާގައި އަޅާފައިވާ ލޮކްޑައުން އުވާލުމުން މީހުން މާސްކު އަޅައިގެން މަގުމަތީގައި ހަރަކާތްތެރިވަނީ
ޗައިނާގައި އަޅާފައިވާ ލޮކްޑައުން އުވާލުމުން މީހުން މާސްކު އަޅައިގެން މަގުމަތީގައި ހަރަކާތްތެރިވަނީ
ރޮއިޓަރސް
ކޮވިޑް-19 ޗައިނާގެ ހާލަތު
ޗައިނާގައި ބުރާސްފަތި ދުވަހު އަލާމާތްތައް ނުފެނި 35 މީހަކަށް ކޮވިޑް-19 ޖެހިފައިވޭ
ބުދަ ދުވަހު އަލާމާތްނުފެނި ވައިރަސް ޖެހިގެން 31 މީހަކު ވަނީ ރިޕޯޓްކޮށްފައި
މިހާތަނަށް އައިއިރު ޗައިނާގެ 82،971 މީހަކަށް ވަނީ ވައިރަސް ޖެހިފަ

ޗައިނާގައި ބުރާސްފަތި ދުވަހު ކޮވިޑް-19 ހަށިގަނޑުގައި ހުރި ކަމުގެ އަލާމާތެއް ނުފެނި 35 މީހަކަށް ވައިރަސް ޖެހިފައިވާ ކަމަށް އެ ގައުމުގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފި އެވެ.

ބުދަ ދުވަހު މިގޮތަށް ވައިރަސް ޖެހިގެން 31 މީހަކު ވަނީ އެގައުމުން ފެނުނެވެ. ބުރާސްފަތި ދުވަހު އަލަށް ވައިރަސް ޖެހިފައިވަނީ 4 މީހަކަށެވެ. އޭގެކުރީ ދުވަހު ވައިރަސް ޖެހިގެން ރިޕޯޓު ކޮށްފައިވަނީ 2 މީހަކަށެވެ.

ބުރާސްފަތި ދުވަހު ވައިރަސް ޖެހުނު 4 މީހުންގެ ތެރެއިން 2 މީހުންނަކީ އެ ގައުމަށް އެތެރެވެ މީހުންގެ ތެރެއިން ދެ މީހެކެވެ. ޗައިނާގައި މިވަގުތު ވައިރަސް ފެތުރެމުން ދަނީ އެގައުމުގެ އިރުމަތީގައި އޮންނަ ޖިލިން ޕްރޮވިންސުގަ އެވެ.

މިހާތަނަށް އައިއިރު ޗައިނާގެ 82،971 މީހަކަށް ވަނީ ވައިރަސް ޖެހިފަ އެވެ. އަދި 4634 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

- ކޮމެންޓް