ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 02:56
އުމުރުން 12 އަހަރުގެ އާއިމިނަތު ޔަސްރާ، އެނާގެ ބައްޕަ ބަސީރާއި އެކު އެއާޕޯޓްގައި
އުމުރުން 12 އަހަރުގެ އާއިމިނަތު ޔަސްރާ، އެނާގެ ބައްޕަ ބަސީރާއި އެކު އެއާޕޯޓްގައި
ރާއްޖެއެމްވީ
ހިތްދަތި އާދޭސް
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިންގެ ތެރެއިން އެއް ކުއްޖަކު އެނބުރި ގައުމަށް
މާލެ އައިސްފައި ވަނީ އުމުރުން 12 އަހަރުގެ ޔަސްރާ
މާލެ އާދެވެގޮތްވީ އެކުދިންގެ މަންމަ ފާތިމާ ހުއްދަ ދިނުމުން
ނަސްރާ އާއި ނައުރާ އަދިވެސް ތިބީ އިންޑިއާގައި
ސަރުކާރުގެ ސަމާލުކަމަށް މިކަން އައީ "ހިތްދަތި އާދޭސް" ޑޮކިއުމެންޓަރީ އަށް ފަހު

އިންޑިއާގެ ކެރަލާ ސްޓޭޓްގެ ޔަތީމްހާނާއެއްގައި އެއް އަހަރު ދުވަހު ދިރިއުޅެން ޖެހުނު ދިވެހި ތިން ކުދިން ހަޔާތުގެ މައްޗަށް ރާއްޖެޓީވީން ތައްޔާރުކުރި ޑޮކިއުމެންޓަރީ ގެނެސް ދިނުމާއެކު އޭގެ ތެރެއިން އެއް ކުއްޖަކު "މިނިވަންވެ" ބުދަ ދުވަހުގެރޭ ރާއްޖެ އަތުވެއްޖެ އެވެ.

 

ޔާތީމްޚާނާގައި އަނިޔާ ލިބިފައިވަނީ އއ.އުކުޅަސް އަބްދުﷲ ބަޝީރާއި އިންޑިއާ ރައްޔިތެއް ކަމަށްވާ ސައީދަލީ ފާތިމާ ލަތީފް އަށް ލިބިފައިވާ ތިން ކުދިންނެވެ. މި ކުދިންގެ ތެރެއިން މާލެ އައިސްފައި ވަނީ އުމުރުން 12 އަހަރުގެ އާއިމިނަތު ޔަސްރާ އަބްދުﷲ އެވެ. ޔަސްރާއަށް މާލެ އާދެވެގޮތްވީ އެނާގެ މަންމަ ފާތިމާ ހުއްދަ ދިނުމުންނެވެ.

 ޔަސްރާއަށް މާލެ އާދެވެގޮތްވީ އެނާގެ މަންމަ ފާތިމާ ހުއްދަ ދިނުމުން -- ފޮޓޯ: ރާއްޖެ.އެމްވީ

ޔަސްރާ އާއެކު މާލެ އައީ އޭނާގެ ކާފަ، މުހައްމަދު ނައީމެވެ. ޔަސްރާ ރާއްޖެ ގެނައިއިރު، އޭނާގެ ދެ ކޮއްކޮ ކަމުގައިވާ އުމުރުން 10 އަހަރުގެ އާއިމިނަތު ނަސްރާ އަބްދުﷲ އަދި އުމުރުން 7 އަހަރުގެ މަރިޔަމް ނައުރާ އަބްދުﷲ ތިބީ އެ ކުދިންގެ މަންމަގެ ބެލުމުގެ ދަށުގައި އިންޑިއާގަ އެވެ. މި ތިން ކުދިން ވެސް ވެސް ރާއްޖެޓީވީއަށް ކިޔައިދިން ގޮތުގައި ބޭނުންވަނީ ރާއްޖެއައުމަށެވެ.

 

ދިވެހި ޕާސްޕޯޓް އޮންނަ މި ކުދިން ލިބެމުންދިޔަ އަނިޔާތައް އިންޑިއާ އާއި ދިވެހި ސަރުކާރުގެ ސަމާލުކަމަށް އައީ އެ ކުދިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ތައްޔާރުކުރި "ހިތްދަތި އާދޭސް" ޑޮކިއުމެންޓަރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ގެނެސްދިން ފަހުންނެވެ.

ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް، އެކުދިންގެ ކާފަ ނައީމާއި އެކު އެއާޕޯޓްގައި -- ފޮޓޯ: ރާއްޖެ.އެމްވީ

އުކުޅަހުގައި ދިރިއުޅެމުން ދިޔުމަށް ފަހު މި ކުދިން ގޮވައިގެން ފާތުމަ އިންޑިއާ އަށް ދިޔައީ 2013 ވަނަ އަހަރު އެވެ. އެއަށް ފަހު، ފޯން ނަންބަރު ބަދަލުކޮށް، ކުދިންގެ ބައްޕަ، ބަޝީރާއި ބަޝީރުގެ އާއިލާއިން ވެސް އެ ކުދިންނަށް ފޯނުން ގުޅޭނެ ގޮތް ބަންދުކުރި އެވެ.

އެ ކުދިން ޔަތީމްހާނާއަށްލިކަން ބަޝީރަށް އެންގީ ފާތިމަގެ ތިމާގެ މީހެކެވެ. އެއާއެކު ބަޝީރު އާއި ބަޝީރުގެ ބައްޕަ އިންޑިއާއަށް ގޮސް، އަދި ދިވެހި ސަރުކާރުގެ ވެސް ސަމާލުކަމަށާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ވެސް މައްސަލަ ހުށަހަޅައިގެން ވެސް އެ ކުދިން މިނިވަންކޮށްގެން ރާއްޖެ ގެނެވޭނެ ގޮތް އޮތީ ނުވެފަ އެވެ.

  ޔަސްރާ މާލެ އައި ވަގުތު އެނާގެ ބައްޕަގެ މޫނު މަތިން ފެނުނީ އުފާވެރިކަން -- ފޮޓޯ: ރާއްޖެ.އެމްވީ

މި މައްސަލަ ބަޝީރު، އިންޑިއާގެ ޓްރިވެންޑްރަމުގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހަށް ހުށަހެޅުމުން، ނިންމީ އެކުދިންގެ މަންމަ ފާތިމާގެ ހުއްދައާ ނުލައި އެކުދިން ރާއްޖެ ގެންގޮސްގެން ނުވާނެ ކަމަށެވެ. ނަމަވެސް މި ކުދިންނާ ގުޅޭ ޑޮކިއުމެންޓަރީ ރާއްޖެޓީވީން ދެއްކުމާއެކު، މި މައްސަލައިގައި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. 

 

- ކޮމެންޓް
6 އޭޕްރިލް 2017 | ބުރާސްފަތި 09:59
Sagarey
This is Just one side of the story. There was a reason the mother fled away with the daughters. She feared.Did you for once listened to the mothers story? Did you hear how shamelessly they were abusing her?Did you?this type of biased writing does nt make you a hero but a dimwit
6 އޭޕްރިލް 2017 | ބުރާސްފަތި 09:51
ހުސެއިން
ރައްޔިތުންގެ ވިންދާ ގުލިފަ ވާ ޓީވީ ޗެނަލް
5 އޭޕްރިލް 2017 | ބުދަ 23:37
Mode
Documentary. YouTube ga inaane tha ??