ކ. މާލެ
|
21 މެއި 2020 | ބުރާސްފަތި 14:41
ސައުދީގައި ކޮވިޑް-19ށް ސްކްރީން ކުރަނީ: ސައުދީން ވަނީ ކޮވިޑް-19 ޖެހޭ މީހުން ދެނެގަތުމަށް ބޮޑު ސަރވައިލެންސް ޕްރޮގުރާމެއް ފަށާފަ
ސައުދީގައި ކޮވިޑް-19ށް ސްކްރީން ކުރަނީ: ސައުދީން ވަނީ ކޮވިޑް-19 ޖެހޭ މީހުން ދެނެގަތުމަށް ބޮޑު ސަރވައިލެންސް ޕްރޮގުރާމެއް ފަށާފަ
ސައުދީ ގެޒެޓް
ކޮވިޑް-19: ސައުދީގެ ޙާލަތު
ސައުދީގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 60،000ށް
ވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 62،545 އަރާފަ
ބުދަ ދުވަހު އެކަނިވެސް 2،691 މީހުން ވައިރަސްއަށް ޕޮޒިޓިވްވި
ސައުދީން މިހާތަނަށް 636،178 މީހުން ކޮވިޑް-19ށް ޓެސްޓު ކޮށްފައިވޭ

ސައުދީ ޢަރަބިއްޔާއިން ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 60،000ށް ވުރެ މައްޗަށް އަރައިފި އެވެ.

އެޤައުމުގެ ޞިއްޙަތާއި ބެހޭ ވުޒާރާގެ ތަރުޖަމާނު މުޙައްމަދު އަލް-އަބްދުﷲ އާއި ޙަވާލާދީ ޤަލްފުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބުދަ ދުވަހު އެ ޤައުމުން އިތުރު 2،691 މީހުން އަލަށް ވައިރަސްއަށް ޕޮޒިޓިވްވުމާއެކު، ވައިރަސް ޖެހުނު މީހުންގެ ޢަދަދު ވަނީ 62،545 (ފަސްދޮޅަސް ދެހަސް ފައްސަތޭކަ ސާޅީސް ފަހެއް)ށް އަރާފަ އެވެ.

ސައުދީ ޢަރަބިއްޔާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުދަ ދުވަހުގެ ރޭ ޢާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ 10 މީހުން މަރުވެ، ވައިރަސްގައި މަރުވީ މީހުންގެ ޢަދަދު ވަނީ 339ށް އަރާފައެވެ. އަދި ފަރުވާދެމުންދިޔަ 1،844 މީހުން ބުދަ ދުވަހު ގެއަށް ދޫކޮށްކުމާއެކު، ވައިރަސް އިން ރަނގަޅުވީ މީހުންގެ ޢަދަދު ވަނީ 33،478 (ތިރީސް ތިންހާސް ހަތަރުސަތޭކަ ހަތްދިހަ އަށެއް)ށް އަރާފަ އެވެ.

ސައުދީން ބުނެފައިވަނީ ވަނީ ފަހަކަށް އައިސް ވައިރަސްއަށް ޕޮޒިޓިވްވާ މީހުން ނިޞްބަތުން ގިނަވަމުން ދަނީ އެޤައުމުން އެއްފަހަރާ ގިނަ ބަޔަކު ޓެސްޓުކުރަމުންދާތީ ކަމަށެވެ. ފާއިތުވެ ދިޔަ 24 ގަޑީއިރުގެ ތެރޭގަވެސް އެޤައުމުން 18،094 (އަށާރަ ހާސް ނުވަދިހަ ހަތަރެއް) މީހުން ޓެސްޓުކޮށްފައިވެއެވެ. އެހެންކަމުން ޓެސްޓުކުރި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 636،178ށް އަރާފަ އެވެ.

- ކޮމެންޓް