ނޭނގި ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ މީހުން ދެނެގަތުމަށް ހަދާ އެންޓި ބޮޑީ ޓެސްޓް ހެދުމުގެ މަސައްކަތް އިނގިރޭސިވިލާތުގައި ޖޫން މަހުގެ 1 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އެބަދެ އެވެ.
ސްކައި ނިއުސް އިން ބުނާގޮތުގައި މިޓެސްޓްގެ ޓްރައަލްތައް ކުރިޔަށްދާނީ ހަތަރު ހޮސްޕިޓަލެއްގަ އެވެ. އަދި އެހޮސްޕިޓަލްތަކުން ޖޫން 1 ން ފެށިގެން ދުވާލަކު އެތައް ހާސް ޓެސްޓްތަކެއް ހަދަމުންދާނެ ކަމަށް ސްކައި ނިއުސްއިން ބުނެފައިވެ އެވެ.
ސްކައި ނިއުސްއިން ވަނީ މިކަން ކުރިޔަށް ގެންދާ ބްލަޑް ސައިންސް ލެބޯޓްރީއަށް ވަދެ ޓެސްޓްތައް ހަދަން ފެށުމަށް ވަމުންދާ ތައްޔާރީތައް ބަލާފަ އެވެ.
ކްލިނިކަލް ބައޯކެމިސްޓްގެ ކޮންޒަލްޓެންޓެއް ކަމުގައިވާ ޑރ މާރޓިން މިޔަރސް ވިދާޅުވެފައިވަނީ އެންޓިބޮޑީ ޓެސްޓް ހެދުމުން ވައިރަސް ޖެހިފައިވާކަން ދެނެގަނެވޭނެ ކަމަށެވެ.
ވައިރަސް އެއްވެސް ހިސާބަކުން ޖެހިފައިވާ ކަން ދެނެގަނެވޭނެ މިޓެސްޓް ހެދުމުން. އެއާއެކު ޕަބްލިކް ހެލްތު ޑޮކްޓަރުންނަށް ފަސޭހަވާނެ ގޮތެއް ނިންމުމަށް ތަންތަން ހުޅުވާލުމަށް އެ ނިންމުން ނިންމުމަށް. އެއީ ކިހާ އަދަދެއްގެ ބައަކަށްތޯ ވައިރަސް ޖެހުމުގެ ފުރުސަތު އަދިވެސް އޮތީ، އަދި ވައިރަސް އިން ސަލާމަތްވާފަދަ ނިޒާމެއް އެމީހެއްގެ ހަށިގަނޑުގައި ހުރީ ކޮންބައެއްގެ ތޯ ދެނެގަނެވޭނެޑރ މާރޓިން މިޔަރސް
މިޓެސްޓު ކުރިޔަށް ގެންދާނެ ގޮތާއި ޓެސްޓާއި ގުޅޭކަންކަން ކުރިޔަށް ގެންދަނީ މެޑިކަލް ކުންފުންޏެއް ކަމަށްވާ ރޮޗޭ އިން އެންއެޗްއެސް އާ ގުޅިގެންނެވެ. މިޓެސްޓް ހެދުމަށް މީހެއްގެ ލޭގެ ސާމްޕަލް ނެގުމަށްފަހު ހޮސްޕިޓަލްގައި ހުންނަ ވަސީލަތްތައް ބޭނުންކޮށްގެން ޓެސްޓް ތައް ކުރިޔަށް ގެންދާނެ އެވެ.
މައިކްރޯބައިލޮޖިސްޓެއް ކަމުގައިވާ ޑރ ޑޭވިޑް އޯރ ވިދާޅުވާ ގޮތުން މިޓެސްޓުން އެންޓިބޮޑީ ހަށިގަނޑުގައި ހުންނަ ވައިރަސް މަރާލާކަމުގެ ކިހާ ޞައްހަ މައުލޫމާތު ލިބޭތޯ ބުނަން އުނދަގޫ ކަމަށެވެ. ނަމަވެސް މިޓެސްޓުގެ ޒަރީއާއިން ލިބޭ މައުލޫމާތުން އެންޓިބޮޑީ ހުރިވަރު އެނގިގެންދާނެ ކަމަށާއި އެއާއެކުވެސް ގޮތްނިންމުމަށް ފަސޭހަވެގެންދާނެ ކަމަށް ޑރ ޑޭވިޑް ވިދާޅުވި އެވެ. އަދި ވަކިން ޚާއްސަކޮށް ސިއްހީ ނިޒާމުގައި މަސައްކަތްކުރާ ފަރާތްތަކަށް މިއީ މުހިންމު ޓެސްޓެއް ކަމަށް ޑރ ޑޭވިޑް ވިދާޅުވި އެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ބަލި މީހުން ކައިރިއަށް ފަރުވާ ދިނުމަށް ފޮނުވާއިރު އެންޓިބޮޑީ ޓެސްޓް ހެދުމަށްފަހު އެމީހުންނަށް ވައިރަސްގެ އަސަރުކޮށްފައިވާ މީހުން ފޮނުވިދާނެ ކަމަށް ޑރ ޑޭވިޑް ވިދާޅުވިއެވެ. އެއީ އެމީހުންނަށް ވައިރަސް އިން ރައްކާތެރިކަން ލިބިފައިވާތީ ކަމަށް ޑރ ޑޭވިޑް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް އޮފް ހެލްތް އެންޑް ސޯޝަލް ކެއަރ ގެ ސްޕޯކްސްޕާސަން ވިދާޅުވީ މިޓެސްޓްގެ ސަބަބުން ވައިރަސް ފެތުރެމުންދާ ދިޔުން ކޮންޓްރޯލް ކުރުމަށް މުހިންމު ކަންތައްތަކެއް އެނގިގެންދާނެ އެވެ.