Advertisement
ކ. މާލެ
|
6 އޭޕްރިލް 2017 | ބުރާސްފަތި 01:10
އިނގިރޭސި ސަފީރާއެކު އެމްޔޫއޯއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިނގިރޭސި ސަފީރާއެކު އެމްޔޫއޯއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން
ޓްވިޓަރ
އެމްޔޫއޯގެ ބައްދަލުވުން
ދިވެހި ސަރުކާރު އިސްލާހު ކުރުމަށް އިނގިރޭސި ވިލާތުން އެހީތެރިވާނެ: ޝާހިދު
ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހްގައި ހިނގަމުންދާ ކަންކަން ވަރަށް ރަނގަޅަށް ހިއްސާ ކުރެވުނު
މަޖިލީހުގެ ވޯޓުގެ ކަންތައް ދިޔަގޮތާމެދު އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނަށް ޝުކުރު އަދާކުރި

ދިވެހިރާއްޖެ އިސްލާހު ކުރުމަށްޓަކައި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތްތަކަށް އިނގިރޭސި ސަރުކާރުން އެހީތެރިވެދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެ.

އެމްޑީޕީގެ ޚާރިޖީ ކަންކަމާ ބެހޭ ކޮމެޓީގެ މުޤައްރިރުކަންވެސް ކުރައްވާ ޝާހިދު މިހެން ވިދާޅުވީ އިނގިރޭސި ވިލާތުގެ ވާ ހައިކޮމިޝަނަރ ޖޭމްސް ދޫރިސްއާއެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލް ދެއްވަމުންނެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހުގައި ހިނގަމުންދާ ކަންކަން ވަރަށް ރަނގަޅަށް ހިއްސާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ކުރަމުންދާ ގޯނާއާ ސިޔާސީ ލީޑަރުންނަށް ދައްކަމުންދާ ބިރުގެ ތަފްސީލް ދޫރިސްއަށް ދެއްވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ނެގުނު ވޯޓުގެ ކަންކަން ދިޔަ ގޮތުގެ ތަފްސީލްވެސް ދެއްވާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ނޫސްވެރިންނަށް ބިރުދައްކަން ކުރާ މަސައްކަތާއި އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ބިރުދެއްކުމާއި ހައްޔަރުކޮށް ހަޤީގަތެއް ނެތް ތަފާތު ދައުވާތައް ކުރަމުންދާދިއުންވެސް އިނގިރޭސި ހައިކޮމިޝަނަރގެ ސަމާލުކަމަށް ގެންނަވާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރާއްޖެ އިސްލާހު ކުރުމަށް ކުރާ މަސައްކަތްތައް ގާތުން ބަލަމުންދާ ކަމަށާއި ޑިމޮކްރެޓިކް ވެއްޓެއް ޤާއިމް ކުރުމަށް ކުރަމުންދާ މަސައްކަތައް އެހީތެރިވެދެއްވާނެ ކަމަށް ދޫރިސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ޤާނޫނީ ވެރިކަމެއް ހިންގުމަށާއި ސިޔާސީ ހަރަކާތްތަކަށް ޖާގަ ދީ، މިނިވަން މީޑއާ އަކާއި ބިރު ދެއްކުމެއް ނެތް މާހަައުލެއްގައި އިންތިޚާބުތައް ބޭއްވުމަށް ބާރު އަޅުއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިކަމަށް ޝާހިދު ވިދާޅުވިއެވެ.  

ޝާހިދު ވިދާޅުވީ މަޖިލީހުގެ ވޯޓުގެ ކަންތައް ދިޔަގޮތާމެދު އިނގިރޭސި ސަރުކާރުން ނެރުނު ބަޔާނަށް ޝުކުރު އަދފާކުރައްވާފައިވާނެ ކަމަށާއި ރާއްޖެ އިސްލާހްވެ އަލުން އަނބުރާ ޑިމޮކްރަސީ އަށަގެންނެވުމަށް އިނގިރޭސި ސަރުކާރުން ވެދޭ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރައްވާފައިވާނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އިނގިރޭސި ސަރުކާރުން ވެދެއްވާ އެހީތެރިކަމާ އެއްބާރުލުމަކީ ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތައް ލިބޭ ހިތްވަރަކާ އުއްމީދެއްކަމަށް ހައިކޮމިޝަނަރު ގާތު ދަންނަވާފައިވާނޭކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް