ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 20:25
ޖުމްހޫރީ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޖުމްހޫރީ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އަޒުމޫން އަހުމަދު
އައިޕީޔޫއަށް މައްސަލަ ހުށަހެޅު
އިދިކޮޅު މެމްބަރުންނަށް ކުރިމަތިކުރާ މައްސަލަތައް އައިޕީޔޫއަށް ހުށަހަޅައިފި
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ވޯޓް ނަގާފައިވާގޮތުގެ މައްސަލަވެސް ހުށަހެޅި
އިދިކޮޅު މެމްބަރުންނަށާއި ސަރުކާރަތް ނިސްބަތްވާ މެމްބަރުންނަށް ސަރުކާރުން ދަނީ ބިރުދައްކަމުން ކަމަށް އިދިކޮޅު ލީޑަރުން ވިދާޅުވޭ

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އުފައްދާފައިވާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުން އެކިގޮތްގޮތުން ބިރު ދައްކަމުން ދާތީ ޖުމްހޫރީ ޕާޓީގެ ބައިނަލްއަގްވާމީ ގުޅުޅުންތަކާ ބެހޭ ކޮމެޓީން އިންޓަރ ޕާލަމެޓްރީ ޔޫނިއަން (އައިޕީޔޫ)އަށް ހުށަހަޅައިފި އެވެ.

ބުދަ ދުވަހު ޖުމްހޫރީ ޕާޓީގެ އޮފީސް ކަމަށްވާ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޑރ. އާސިމް އަހުމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް މައްސަލަ ހިނގާދިޔަ މަޖިލީހުގެ ޖަލްސާގައި ކަންކަން ހިނގާދިޔަ ގޮތާއި ވޯޓް ނަގާފައި ވަނީ މަޖިލީހުގެ ގަވާއިދާއި އަދި ޑިމޮކްރެސީގެ އުސޫލްތަކާ ހިލާފަށް ކަމަށް ވާތީ ހިނގާދިޔަ ކަންތައްތަކާ ގުޅޭ މައްސަލަތަކެއް ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ މެމްބަރުންނަށް އެކިއެކި ގޮތްގޮތުން ކުރިމަތި ކުރުވާ ދަތިތަކާއި ބިރުދެއްކުމުގެ މައްސަލަތަކެއް އައިޕީޔޫއަށް ހުށަހަޅާފައިވާ ކަމަށް އާސިމް ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިނގާދިޔަ މަޖިލީހުގެ ޖަލްސާ ކަވަރކުރުމަށް ނޫސްވެރިންނަށް ފުރުސަތު ނުދެއްވާ، އާއްމު ރައްޔިތުންނާއި މަދަނީ ޖަމްއިއްޔާތަކަށް ވެސް މަޖިލީހުގެ ޖަލްސާގައި ހިނގާ ކަންކަން ބެލުމުގެ ފުރުސަތު މަޖިލީހުން ހަނިކޮށްފައިވާ ކަމަށެވެ.

އެމައްސަލަ އައިޕީޔޫއަށް ހުށަހަޅާފައިވާ އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ރާއްޖޭން ބޭރަށް ވަޑައިނުގަންނެވޭ ގޮތަށް އަމުރުކޮށްފައިވާއިރު، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފުލުހުން އެމައްސަލަ ތަގީގު ކުރުމަށްފަހު ގާސިމްގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވަނީ ފުލުސް އޮފީހަށް ދެ ފަހަރެއްގެ މަތިން ހާޒިރު ކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ފަސް ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެއެވެ.

މީގެ އިތުރުން ވެސް ޖޮއިންޓް ޕާމަލެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންނަށް ސަރުކާރުން ދަނީ ބިރުދެއްކުމުގެ ކަންކަން ކުރަމުންނެވެ.

- ކޮމެންޓް