ކ. މާލެ
|
18 މެއި 2020 | ހޯމަ 01:43
ވުހާންގެ މީހުން ޓެސްޓް ހެދުމަށް ކިޔު ހަދާފައި
ވުހާންގެ މީހުން ޓެސްޓް ހެދުމަށް ކިޔު ހަދާފައި
ރޮއިޓަރސް
ކޮވިޑް-19 އަށް ވުހާންގައި ޓެސްޓް ކުރުން
ވޫހާންގައި ދުވާލަކު ޓެސްޓް ކުރެވޭ އަދަދުތައް ދެގުނަ އަށް އިތުރު ކުރަމުންދަނީ
މެއި މަހުގެ 16 ވަނަ ދުވަހު ވަނީ 222،675 ޓެސްޓް ކޮށްފައި
ވޫހާންގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމް ފެށީ މެއި މަހުގެ 14 ވަނަ ދުވަހު
ކުރިން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ މީހުން އަލުން ޓެސްޓް ކުރާކަށް ނުޖެހޭނެ

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާންގެ މުޅި އާބާދީ ވައިރަސް އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ދުވާލަކު ޓެސްޓް ކުރާ އަދަދުތައް އަންނަނީ ދެ ގުނަ އަށް އިތުރު ކުރަމުންނެވެ.

ވޫހާންގެ ލޯކަލް ހެލްތު އޮތޯރިޓީން މެއި މަހުގެ 16 ވަނަ ދުވަހު ވަނީ 222،675 (ދެ ލައްކަ ބާވީސް ހާސް ހަ ސަތޭކަ ހަތްދިހަ ފަސް) މީހުން ގެ ޓެސްޓް ކޮށްފަ އެވެ. މެއި މަހުގެ 14 އަދި 15 ވަނަ ދުވަހު 186،400 (އެއް ލައްކަ އަށްޑިހަ ހަ ހާސް ހަތަރު ސަތޭކަ) ޓެސްޓް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ. ވޫހާންގެ 11 މިލިއަން މީހުން ހިމެނޭ އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު އެކަން ކުރަމުންދަނީ އެމީހަކު ބޭނުންނަމަ ކަމަށް ވޫހާން އިން ބުނެ އެވެ.

ވޫހާންގެ މުޅި އާބާދީ ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމް ފެށީ މެއި މަހުގެ 14 ވަނަ ދުވަހު އެވެ. އެއީ ވައިރަސް ހަށިގަނޑުގައި ހުރި ކަމުގެ އަލާމާތެއް ނުފެނި އެ ސިޓީގެ ލޮކްޑައުން އުވާލިތާ މަސްދުވަސް ފަހުން ބަޔަކު ޕޮޒިޓިވްވެ މުޅިން އައު ކްލަސްޓަރ އެއް ފެނުމާއެކު އެވެ.

މި ޕްރޮގްރާމްގައި ކުރިން ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ މީހުން އަލުން ޓެސްޓް ކުރާކަށް ނުޖެހޭނެ އެވެ. އަދި މި ޓެސްޓުތައް ހަދަމުންދާ ވަރަކަށް ވައިރަސް އަށް ޕޮޒިޓިވްވާ މީހުންނަށް އެކަން އަންގަމުންދާނެ އެވެ.

މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމައަށް އަލާމާތްތައް ހުރި އެއްވެސް މީހަކު ވައިރަސް އަށް ޕޮޒިޓިވްވެފަ އެއް ނުވެ އެވެ. ނަމަވެސް އަލާމާތްތައް ނުފެންނަ 28 މީހަކު ވުހާން އިން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އޮތޯރިޓީން ބުނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް