ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 15:29
ގަލޮޅު މޯޗަރީ
ގަލޮޅު މޯޗަރީ
ގޫގުލް
ގަލޮޅު މޯޗަރީ
މޯޗަރީން ގަބުރެއް ނެރުމުން އެ ސަރަހައްދަށް ވަސް ފެތުރި، ރައްޔިތުން ހިންހަމަނުޖެހުން ފާޅުކޮށްފި
މިކަން ހިނގާފައިވަނީ ހެނދުނު 6 ޖެހި އިރު
ނެރެފައިވާ ގަބުރަކީ ބަންގްލަދޭޝް ރައްޔިތެއް ހަށިގަނޑު
މޯޗަރީ ހަށިގަނޑު ބެހެއްޓުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވޭ

ގަލޮޅު މޯޗަރީން ގަބުރެއް ނެރުނު ފަހުން ކުނި ވަސް ދުވަން ފެށުމާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ހިންހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރާއްޖެއެމްވީއާ ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނީ ބުދަ ދުވަހުގެ ހެނދުނު 6 ޖަހާކަން ހާ އިރު ގަލޮނު މޯޗަރީން ގަބުރެއް ނެރުނު ފަހުން މުޅި ސަރަހައްދަށް ކުނި ވަސް ފެތުރިފައިވާ ކަމަށެވެ.

ރާއްޖެޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން މޯޗަރީން ހެނދުނު ނެރެފައިވަނީ މިދިޔަ ހުކުރު ދުވަހު ގެނައި ބަންގްލަދޭޝް މީހެއްގެ ގަބުރު ކަމަށެވެ. އެ ގަބުރު ނެރުނީ، ބަންގްލަދޭޝްއަށް ފޮނުވާލުމަށް ކަމަށް ވެސް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިކަމާ ގުޅޭ ގޮތުން، އިސްލާމިކް މިނިސްޓްރީއަށް ގުޅާލުމުން އެ މިނިސްޓްރީން ބުނީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަން ނޭނގޭ ކަމަށާއި އެކަން ބަލާނެ ކަމަށެވެ.

މަރުވާ މީހުން މޯޗަރީއަށް ގެންދަނީ ހަށިގަނޑު ގިނަ ދުވަހު ކުނި ނުވެ ބޭއްވުމަށެވެ. އެގޮތުން އާންމު ގޮތެއްގައި މޯޗަރީ އަށް ލަރީ ބިދޭސީންނާއި އޮޓޮޕްސީ ހެދުން ފަދަ ތަހްގީގުތަކަށް ގިނަ ދުވަހު ހަށިގަނޑު ބޭއްވުމަށްޓަކައެވެ. އާއްމުކޮށް ދެ ޓެމްޕަރޭޗަރއެއްގައި މޯޗަރީތަކުގައި ގަބުރު ބެހެއްޓެ އެވެ.  އެއްގޮތަކީ ހަށިގަނޑު އެއްކޮށް ކުނިނުވާ ގޮތަށް ގަބުރު އެއްކޮށް ގަނޑުކުރެވޭ ގޮތަށް ބެހެއްޓޭ ބެހެއްޓުމެވެ. ދެވަނަ ގޮތަކީ، ގަބުރު ކުނި ވިޔަ ދިނުން ލަސްކުރުމަށްޓަކައި ވަކި ފިނި މިނެއްގައި ބެހެއްޓުމެވެ. އާއްމުކޮށް މި ފަދަ ގޮތަކަށް ބަހައްޓާއިރު އެތަނުގެ ޓެމްޕަރޭޗަރ ބަހައްޓާނީ 2 ކާއި 4 ޑިގްރީ ސެލްޝިއަސްގަ އެވެ.

މޯޗަރީއާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، މޯޗަރީގައި ޖާގަ އޮތް މިންވަރަކުން، ގަބުރު ބޭއްވޭނެ ކަމަށާއި، ގަބުރު ބޭއްވުމަށް ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ކަމަށެވެ.

- ކޮމެންޓް
6 އޭޕްރިލް 2017 | ބުރާސްފަތި 10:24
ހަސަން
ތިއީ ފޮނަދޫގަ އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ކުނިވެފައިވާ ހަސަނުއްލޯ ގެ ހަށިގަނޑު. އެ ހަށިގަނޑު ފޮނަދޫ ގާދޫ ސިޓީ މިސްކިތުގަވެސް އެއްރޭ ބޭއްވި. އެރޭ ގާދޫ މީހުންވެސް ތިބީ ދުވާ ކުނިވަހުން ނުނިދިފަ.